Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 01:46
އިލެކްޝަންސް ކޮމިޝަންގެ އިދާރާ
އިލެކްޝަންސް ކޮމިޝަންގެ އިދާރާ
ގޫގުލް
ކައުންސިލް އިންތިހާބު
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި
ކެންޑިޑޭޓުންގެ ގުތުއަތު ނެގުން ބޭއްވުމަށް ނިންމާފައި ވަނީ މާޗް 9 ގައި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން އެންމެ ފަހުން ތާވަލްކޮށްފައި އޮތީ މި މަހުގެ ހަ ވަނަ ދުވަހަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާޗް 9 ވަނަ ދުވަހު ކަމަށެވެ. މާލެއަށް ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން އިލެކްޝަންސް ކޮމިޝަންގައި ބޭއްވުމަށް ނިންމާފައިވާއިރު، އެހެން ދާއިރާތަކުގެ ކެންޑިޑޭޓަކު ގުރުއަތު ނަގާނީ އެ ދާއިރާއެއްގެ ކައުންސިލް އިދާރާގަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގެ ތާރީހު ފަސްކުރީ، އަދި އިންތިހާބުގެ ތައްޔާރީތައް ވެސް ފަސްކުރަމުން ދަނީ ޕީޕީއެމްގެ ކަންކަން މަގުފަހިކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހްމަތުކުރެ އެވެ. 

ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖައްސާފައިވާ  އިންތިހާބު މާޗް 15 ގައި ބާއްވާއިރު، ގާނޫނުގައި ބުނެފައިވާ ތާރީހު އޭރަށް ފާއިތުވާނެ ކަމަށް ގާނޫނީ ވަކީލުން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް