"އުކުޅަސް ޓެކް ފެއަރ 2019" ފުރަތަމަ ފަހަރަށް ދިވެހިރާޖޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
އުކުޅަހުގައި އޮގަސްޓް މަހުގެ 26-28 އަށް ކުރިއަށް ގެންދާ މި ޓެކް ފެއަރ ކުރިއަށް ދާނީ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއަރ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކިމާ) އަދި އިންޓަނޭޝަނަލް ވޯކްޝޯޕް އޮން އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް ވާރކްޝޮޕް 2019 އާއި އެކުއެކީގައެވެ.
މި ޓެކް ފެއަރ އަކީ ދިވެހިންނަށް ޚާއްސަކޮށް އެބޭފުޅުންގެ މަސައްކަތްތައް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް ތެރެއިން ގެނެވިފައި ހުރި ހެޔޮ ބަދަލު ތަކާއި ގެނެވިދާނެ ބަދަލުތައް އަލިއަޅުވާލާ އޭގެ މުހިއްމުކަން ކުރިއެރުމަށާއި ޕޮލިސީތައް ޑިވެލޮޕް ކުރުމަށް ހުރިކަން އަންގައިދިނުމުގެ ގޮތުން ބާއްވާ ފެއަރ އެކެވެ.
ލޯކަލް ޕާޓިސިޕޭޝަނުންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މި ފެއަރގައި ޕްރެޒެންޓް ކުރުމަށް ޓެކް ފެއަރގެ މެންބަރުންނަށް ފުރުސަތު ދެވޭނެއެވެ. އަދި ސައިންޓިސްޓުންނާއި އެއްކޮށް ސުވާލަށް ޖަވާބު ދިނުމަށް ފުރުސަތު ހުޅުވާލެވޭނެއެވެ.
މިޓެކް ފެއަރ ގައި ދިވެހިންގެ އިތުރުން ސްޕެއިން ލިތުވާނިޔާ އަދި އެމެރިކާ ގެ ބޭފުޅުންގެ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ. އަދި ސައިންޓިފިކަލީ މިހާރު ގެނެވިފައި ހުރި ބަދަލު ތަކާއި ޓެކްނޮލޮޖީގެ އެބޭފުޅުންގެ ޕްރޮޑަކްޓްސްތައް ޑިސްޕްލޭ ކުރެވިގެންދާނެ އެވެ.
ޓެކްނޮލޮޖީ ދާއިރާގައި ފާހަގަ ކުރެވޭ ޒުވާން ކުދިންގެ ވޯކް ވެސް މި ފެއަރ ގައި ފެނިގެންދާނެ އެވެ. އެގޮތުން ޔޫތް މިނިސްޓްރީން އުގެއިލް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ ޔޫތް ޓެކް ފެއަރ އިން ފާހަގަ ކޮށްލެވޭ ފަސް ފަރާތެއްގެ ވޯކް ވެސް މި ފެއަރ ގައި ޑިސްޕްލޭ ކުރެވިގެންނދާނެއެވެ.
މި ފެއަރގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ އެވެ. އިވެންޓް އޮގަނައިޒާ ހީނާ ހާލިދު ވިދާޅުވީ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސީ ރާއްޖެޓީވީ އަކީ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލް ޗެނަލަކަށްވުމުން ކަމަށާއި ރާއްޖެޓީވީއަށް އޮތް އިތުބާރު ބޮޑުކަމާއި ރައްޔިތުން ބަލައިގަންނަ ޗެނަލަކަށް ރާއްޖެޓީވީވާތީ ކަމަށެވެ.
މި ފެއަރ ގެ ޓައިޓްލް ސްޕޮންސަރ އަކީ އުރީދޫ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި ދަމާސް އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ އެހީތެރިކަން ލިބިގެންދާ ކަމަށް ހީނާ ވިދާޅުވިއެވެ.
މި ފެއަރ ކުރިގެނދިއުމުގައި މިނިސްޓްރީ އޮފް ޓުއަރިޒަމާއި، އުކުޅަސް ކައުންސިލް އަދި އުގެއިލް ފައުންޑޭޝަންގެ އިތުރން ހައުސިން މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި ޓކްނޮލިޖީ މިނިސްޓްރީ ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ވަނީ ފާހަގަ ކޮށްފައެވެ.