Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 23:31
ކަރަންޓުގެ ކެނޑުން
ކަރަންޓުގެ ކެނޑުން
މުހައްމަދު ޝަރުހާން
އެމްޑީޕީ
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
ފާއިތުވީ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި

މިއަދު މެންދުރުގެ ވަގުތެއްގައި މުޅި މާލެއިން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުމަށާއި، ވިޔަފާރިތަކަށާއި، އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުން ސާބިތުވެގެން ދަނީ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް ދިނުމުގައި އާދީއްތަ ދުވަހު ދިމާވި މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން “ކަރަންޓު ޔަގީން” ، “ފެން ޔަގީން” ފަދަ ސިޔާސަތުތައް ކެމްޕޭން ދުވަސްވަރުގައި އިއުލާންކޮށްފައިވީނަމަވެސް ފާއިތުވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި ކަމަށެވެ. އެގޮތުން ކަރަންޓު ޔުނިޓުގެ އަގު އެތައްފަހަރަކު ބޮޑުކޮށް އަތްނުފޯރާފަށަށް މައްޗަށްގޮސްފައިވެއިވާ ކަމަށާއި އަދި ރައްޔިތުން އަތުން ނަގާ ޓެކްސް އިތުރުކުރަމުންދާއިރުވެސް ޚިދުމަތުގެ ފެންވަރުވަނީ އެތައް ގުނައަކުން ދަށްވެފައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މާލޭގެ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފެންވަރު ދަށްވެ ކުއްލިގޮތަކަށް ޚިދުމަތް މެދުކެނޑުން ފަދަ ކަންކަން ކުރިމަތިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިންތިހާއަށް ސިޔާސީވެ، އެކުންފުނިތަކަކީ ރައީސް އަބްދުﷲ ޔާމީނާއި ފާތުމަތު އިބްރާހީމްގެ އަމިއްލަ މުދާ ކަމުގައި ޤަބޫލުކޮށް ކުންފުނިތަކުގައި މަސައްކަތްކުރާ ފަންނީ ސްޓާފުން ވަޒީފާއިން ވަކިކޮށް ސިޔާސީ ބޭނުމަށް މީހުންނަށް ވަޒީފާދީ މުޅި ތަނުގެ މަސައްކަަތުގެ މާޙައުލު ކިލަނބުކޮށްފައިވާތީ ކަމަށެވެ.  އަދި މިތަންތަނުގެ ވެރިން މަޖުބުރުކޮށްގެން މުވައްޒަފުން ޕީޕީއެމްއަށް ވެއްދުުންފަދަ ސިޔާސީ މަސައްކަތުގައި ހޭދަކުރުވަމަކީ ވެސް ހިދުމަތުގެ ފެންވަރު ދަށްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،

މާލޭގައި ކަރަންޓު ކެނޑި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ މައްސަލަތައް މިހާރު އުފެދުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާލެ ތޮށްޖައްސައި، ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަރަޙައްދަށް ދިރިއުޅުން ބަދަލުކުރުން ހިމެނޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމުގައިވާތީ ރާއްޖޭ ތަރައްޤީ ކުރެވޭނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަރައްޤީ ކުރެވިގެން މުޅި އާބާދީ މާލެއަށް ގެނެސް ތޮށްޖެހުމުން މިފަދަ އެތައް މައްސަލަތަކާ މުސްތަޤްބަލުގައިވެސް ރައްޔިތުން ކުރިމަތިލާން ޖެހޭނެ ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ،

މީގެއިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ 2014 ވަނަ އަހަރު އެމް.ޑަބްލިއު.އެސް.ސީގެ ޕެނަލް ބޯޑެއްގައި ރޯވުމުގެ ސަބަބުން މާލެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގައި އެތައް ދަތިތަކަކާ ކުރިމަތިވެ، ރައްޔިތުން ފެނަށް ޖެހެން މެދުވެރިވި ކަމަށާއި އެކަމާ ގުޅިގެން އެދުވަސްވަރު އުފެއްދި މާލޭ ވޯޓަރ ކްރައިސިސް މެނޭޖްމަންޓް ފަންޑަށް ލިބިފައިވާ 107 މިނިއަނަށްވުރެ ގިނަ ރުފިޔާއިން މިފަދަ ކަންކަން ޙައްލުކުރުމަށް ކުރެވިފައިވާ ކަންކަމުގެ ތަފްޞީލް ރައްޔިތުންނާ ހިއްސާކުރުމަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް