Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 22:23
ރައީސް ނަޝީދު: މިއީ ރައީސް ނަޝީދަށް ޚާއްސަ ކޮށްގެން ބާއްވާ ޕެނަލްއެއް
ރައީސް ނަޝީދު: މިއީ ރައީސް ނަޝީދަށް ޚާއްސަ ކޮށްގެން ބާއްވާ ޕެނަލްއެއް
ގޫގުލް
ރައީސް ނަޝީދު
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
ރައީސް ނަޝީދަށް ޚާއްސަކޮށްގެން ބާއްވާ ޕެނަލްއެއް
ޖެރަޑް ޖެންސާ އާއި ރެބެކާ ހާޑިން ބައިވެރިވެވަޑައިގަންނަވާނެ

އެެމެރިކާގެ ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

 

ރައީސް ނަޝީދު ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ، ޔުނިވާސިޓީ އޮފް މިޗިގަންގައި ގާއިމްކޮށްފައިވާ ޑޯނިއާ ހިއުމަން ރައިޓްސް ސެންޓާ އިން ހޯމަ ދުވަހު ބާއްވާ ޕެނަލް ޑިސްކަޝަންއެއްގަ އެވެ.

 

"ދަ އައިލެންޑް ޕްރެޒިޑެންޓްސް ސްޓްރަގަލް ފޯ ޑިމޮކްރަސީ އެންޑް އެންވަޔަރަމެންޓަލް ޖަސްޓިސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ރައީސް ނަޝީދާއެކު ބައިވެރިވެވަޑައިގަންނަވާނީ، މަޝްހޫރު އިންސާނީ ހައްގުތަކާ ބެހޭ ވަކީލު އަދި ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޖެރަޑް ޖެންސާ އާއި މިޗިގަން ޔުނިވާސިޓީގެ ގުދުރަތީ ވަސީލަތްތަކާއި ތިމާވެއްޓާ ބެހޭ ޕްރޮފެސަރު ރެބެކާ ހާޑިން އެވެ.

 

އެ ޕެނަލް ޑިސްކަޝަން މޮޑެރޭޓް ކުރައްވާނީ ޑޯނިއާ ހިއުމަން ރައިޓްސް ސެންޓަރުގެ ޑިރެކްޓަރު ކިޔޯޓެރޫ ސުސޫއީ އެވެ.

 

ޔުނިވާސިޓީ އޮފް މިޗިގަންގައި ބާއްވާ އެ ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، އިންސާނީ ހައްގުތަކާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ޑިމޮކްރަސީގެ ހަމަތައް ހިފަހެއްޓުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ އިތުރުން، 2018 ގައި ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބައިގެން ކުރިއަށް ދެވޭނެ ގޮތްތަކުގެ މައްޗަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް