ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 20:16
ގައުމީ ފުޓުބޯޅަ ޓީމު
ގައުމީ ފުޓުބޯޅަ ޓީމު
ރާއްޖެއެމްވީ
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް
އައިއޯއައިޖީ 2019: ޒުވާން ގިނަ ކުޅުންތެރިންނާއި އެކު ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑް އިއުލާން ކޮށްފި
ގައުމީ ސްކޮޑްގައި ގިނައީ މާޒިޔާގެ ކުޅުންތެރިން
ސީނިއާރ ގިނަ ކުޅުންތެރިންތަކެއް ވަނީ ސްކޮޑްއިން ބާކީ ކޮށްފަ

ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަކުރާ ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑް އިއުލާންކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ޓީމުން މިފަހަރު ސީނިއާރ ގިނަ ކުޅުންތެރިންތަކެއް ވަނީ ބާކީ ކޮށްފައެވެ. އެގޮތުން ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ، ކުލަބް ގްރީން ސްޓްރީޓް ގެ މިޑްފިލްޑަރ މުހަންމަދު އާރިފް (ބަކާ)، ގްރީން ސްޓްރީޓްގެ މިޑްފިލްޑަރ މުހަންމަދު އުމެއިރު ހިމެނެއެވެ.

ގައުމީ ފުޓުބޯޅަ ޓީމުގައި މި ފަހަރު މާޒިޔާގެ ހަތް ކުޅުންތެރިން ވަނީ ހިމެނިފައިވާއިރު ކުލަބް އީގަލްސްގެ ހަ ކުޅުންތެރިން ވަނީ ހިމެނިފައެވެ. މީގެ އިތުރުން ކުލަބް ގްރީން ސްޓްރީޓްސްގެ ހަތަރު ކުޅުންތެރިންނާއި ދަ ގްރާންޑޭ، ޓީސީ އަދި ފޯކައިދޫ މިއިން ކޮންމެ ޓީމަކުން އެއް ކުޅުންތެރިޔަކު ވަނީ ހިމެނިފައެވެ.

މި ޓީމުގައި ޓީސީގެ ގިނަ ކުޅުންތެރިން ނުހިމެނުނީ ޓީސީއިން ތަމްރީނު ހެދުމަށް ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރާތީއެވެ.އައިއޯއައިޖީގައި ވާދަކުރާ ގައުމީ ފުޓުބޯޅަ ޓީމު ހޯމަ ދުވަހު މޮރިޝަސް އަށް ދާން ފުރާނެއެވެ. 2015 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ފުޓުބޯޅައިން ވާދަ ކުރީ އަންހެން ޓީމު އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް