Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 12:44
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަނާރާ ނައީމް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަނާރާ ނައީމް
މުހައްމަދު ފަޒީން
ބާ ކައުންސިލް އިންތިޚާބު
މާނިއު އާއި އަނާރާގެ ވޯޓެއްގެ ފަރަގު އޮތުމުން އަލުން ވޯޓު ގުނަނީ
އަލުން ވޯޓު ގުނުމަށް އީސީއިން ނިންމާފައިވަނީ މިއަދު 1:30 އަށް
ބާ ކައުންސިލްގެ ރައީސަކަށްހޮވި ވަޑައިގެންނެވީ މައުމޫން ހަމީދު

ހޮނިހިރު ދުވަހު ބޭއްވި ބާ ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި އަނާރާ ނައީމާއި އަބްދުލް މާނިއު ހުސައިންގެ ވޯޓެއްގެ ފަރަގު އޮތުމުން އަލުން ވޯޓު ގުނަން ނިންމައިފިއެވެ.

އިލެކްޝަންސް ކަމިޝަންއިން ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ހޮވަންޖެހޭ ހަ ކެންޑިޑޭޓުންގެ ވޯޓުގައި ދެ ކެންޑިޑޭޓެއްގެ ދެމެދުގައި އެއް ވޯޓުގެ ފަރަގު ހުރުމުގެ ސަބަބުން ވޯޓު އަލުން ގުނަން ނިންމާފައިވާ ކަމަށެވެ. ވޯޓު އަލުން ގުނަން ނިންމީ މާނިއުގެ އެދިލެއްވުމުގެ މަތިންނެވެ.

އަލުން ވޯޓު ގުނުމަށް އީސީއިން ނިންމާފައިވަނީ އާދީއްތަ ދުވަހުގެ 13:30 އަށެވެ.

ބާ ކައުންސިލް އިންތިޚާބުގައި މާނިއު އަށް ލިބިލެއްވީ 342 ވޯޓެވެ. އަދި އަނާރާއަށް ލިބިލެއްވީ 343 ވޯޓެވެ.

Advertisement

ހޮނިހިރު ދުވަހު މާލެ އާއި އައްޑޫ ސިޓީގައި ބޭއްވި ބާ ކައުންސިލް އިންތިޚާބުގައި 22 ގާނޫނީ ވަކީލުން ވާދަކުރެއްވި އެވެ. އެއީ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ދެ ފަރާތަކުން ކުރިމަތިލައްވާފައި ވާއިރު، ނައިބު ރައީސް ކަމަށް ދެ ފަރާތަކުން އަދި މެންބަރު ކަމަށް 18 ބޭފުޅެކެވެ.

ބާ ކައުންސިލްގެ ރައީސަކަށްހޮވި ވަޑައިގެންނެވީ މައުމޫން ހަމީދެވެ. އަދި ނައިބު ރައީސްއަކަށް ހޮވިވަޑައިގެންނެވީ އަބްދުﷲ މުއިއްޒެވެ.

ނަތީޖާ ދައްކާ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ހޮވިވަޑައިގެންފައި ވަނީ މުހައްމަދު ފައިސަލް، އަހްމަދު މުއިއްޒު، ޝުޖޫން މުހައްމަދު، އަނަސް އަބްދުލްސައްތާރު، އަނާރާ ނައީމް އަދި މުހައްމަދު އަސީލް ހަސަންއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް