Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 17:28
ޕީޕީއެމުން ޓެންޓް ޖަހައިގެން ރީ ރެޖިސްޓްރޭޝަން ކުރަނީ
ޕީޕީއެމުން ޓެންޓް ޖަހައިގެން ރީ ރެޖިސްޓްރޭޝަން ކުރަނީ
ރާއްޖެއެމްވީ
ޕީޕީއެމް
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
ރީ ރެޖިސްޓްރީ ކުރުން އަދި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުދޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ

އޭޕްރީލް 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރައްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން އެދޭ ފަރާތްތައް ރީރެޖިސްޓްރީ ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއިން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

 

ޕީޕީއެމުން ރީރެޖިސްޓްރީކުރުމުގެ މަސައްކަތް ނޯތު ހާބަރުގައި ކުރަމުން ދާއިރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނެތް ކަމަށާއި ތަނެއްގައި މޭޒެއް ބަހައްޓައިގެން ރެޖިސްޓްރޭޝަން ނުވަތަ ސިޔާސީ އެހެން ހަރަކާތެއް ހިންގި ނަމަވެސް ފުލުހުން އައިސް ހުއްޓުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

 

ދާދި ފަހުން ފަހުން ފުލުހުން ވަނީ އެމްޑީޕީ ހަރުގެއަށް ވަދެ އެތަނުގައި ހުރި ފޮތި ފޭލި ތަކަކާއި ތަތްގަނޑުޖަހާ ކުލަ ތަޅުތަކެއް ވަނީ ގޮސްފައި ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީން ބުނީ އެއީ ލޯކަލް ކައުނސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަށް ހިންގުމަށް އެ ޕާޓީން ބޭނުންކުރުމަށް ހުރި ތަކެތި ކަމަށެވެ.

 

ޕީޕީއެމަށް ސިޔާސީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކަށް ހިންގޭއިރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނުދޭތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  

 

ލޯކަލް ކައުންސިލް އިންތިހާބު ވެސް ޕީޕީއެމުން ބޭނުންވާ ގޮތަށް ލަސްކުރަމުން ގޮސް އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ދުވަސް ވެސް ވަނީ ފާއިތުވެ ގޮސްފަ އެވެ.

 

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސަރުކާރާއި ކޯޓުތަކާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށް ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް