Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 16:13
ބަތޫލް ފޭސްބުކް ފޮޓޯ އެއް
ބަތޫލް ފޭސްބުކް ފޮޓޯ އެއް
އަޒުމޫން އަހުމަދު
ބަތޫލަށް ފުރައްސާރަ ކުރުން
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
ބަތޫލް އަށް ފުރައްސާރަ ކުރި މީހާގެ ފޮޓޯ ބަތޫލް ވަނީ ޓްވީޓް ކޮށްފަ

ލަވަކިޔުންތެރިޔާ ބަތޫލަށް ފޭސްބުކުން، ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ބަތޫލްގެ ފޭސްބުކް ޕޭޖަށް ލާފައިވާ ފޮޓޯ އަކާ ގުޅިގެން ކޮށްފައިވާ ޓްވީޓްގާ އޭނާ ވަނީ ފުލުހުންނަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ބަޔަކަށްވާ އިރު، އަށާރަ އަހަރު ނުފުރޭ ކުދިންނަށް ފުރައްސާފަކުރާކަން ވަނީ ފާހަގަކޮށްފަ އެވެ. ބަތޫލް ވަނީ ޓްވީޓުގައި އޭނާ އަށް ފޭސްބުކް އިން ފުރައްސާރަ ކުރި މީހާގެ ފޮޓޯވެސް ލާފައެވެ.

މިގޮތަށް ޓްވީޓު ކުރުމުން ފުލުހުން ވަނީ ބަތޫލް ޓެކް ކުރުމަށް ފަހު އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެފައެވެ.

ބަތޫލް އަށް ފުރައްސާރަ ކުރި މީހާ ވަނީ ބަތޫލްގެ ފޮޓޯ އެއް ޝެއަރ ކޮށް އޭނާ ބަރަހަނާ ވީޑިއޯ ކުޅޭ މިހަކާ އެއްފަދަކޮށްފައެވެ.

ބަތޫލްގެ ފޮޓޯ ޝެއަރ ކުރި މީހާ ވަނީ އޭނާގެ ދިފާއުގައި ވެސް ވާހަކަދައްކާފަ އެވެ. އެގޮތުން އޭނާ ފޮޓޯ ޝެއަރ ކުރީ ޕަބްލިކް ޕޭޖެއްގައި ހުރި ފޮޓޯއެއް ކަމަށާއި އެހެން ނަމަވެސް ބަތޫލް އޭނާގެ ފޮޓޯ ޓްވީޓް ކުރީ، އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުން ފޮޓޯ ނަގައިގެން ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން ބަތޫލް ވެސް އޭނާ އަށް ފުރައްސާރަކުރީ ކަމަށް އޭނާ ބުނެފައި ވެއެވެ. 

އޮންލައިންކޮށް މީހުންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމާއި، އެހެން މީހުންގެ ފޮޓޯތައް ނެގުންފަދަ ކަންކަމަކީ މިހާރަކަށް އައިސް ވަރަށް އާއްމުކޮށް ހިންގަމުންދާ މައްސަލަތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް