ކ. މާލެ
|
12 ޖުލައި 2019 | ހުކުރު 22:46
ޣިޔާސުއްދީން އިންޓަނޭޝަލް ސްކޫލްގެ ދިހަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑް
ޣިޔާސުއްދީން އިންޓަނޭޝަލް ސްކޫލްގެ ދިހަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑް
ރާއްޖެއެމްވީ
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
ޖީއައިއެސްގެ 10 ވަނަ އަހަރީ ދުވަސް: ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ބޮޑު ޕެރޭޑެއް
މި ޕެރޭޑުގައި 21 ސްކޮޑް ހިމެނޭ
ފްލޯޓްތައް ހަދާފައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކޮށްގެން
ފްލޯޓް ހެދުމަށްޓަކައި 5000 އެއްހާ ޕްލާސްޓިކް ފުޅި ބޭނުން ކުރެވިފައިވޭ

ޣިޔާސުއްދީން އިންޓަނޭޝަލް ސްކޫލްގެ ދިހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕެރޭޑެއް ކުރިއަށްގެންގޮސްފި އެވެ.

ހުކުރު ދުވަހު ހަވީރު ކުރިއަށްގެންދިޔަ ޕެރޭޑް ކުރިއަށްގެންގޮސްފައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ނައްތާލުމާއި، ޕްލާސްޓިކާއި ދެކޮޅަށް ހިންގާ ކަންތައްތަކެއް ދައްކުވއިދޭގޮތަށެވެ.

ސްކޫލްގެ ހުރިހާ ދަރިވަރުން ބައިވެރިވި މި ޕެރޭޑުގައި 21 ސްކޮޑް ހިމެނިފައިވާއިރު ސްކޮޑްތައް ބަހާލާފައިވަނީ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުން ހިމެނޭ ސްކޮޑަކާއި، 4 އަދި 5 ހިމެނޭ ސްކޮޑަކާއި، 6 އަދި 7 ހިމެނޭ ސްކޮޑަކާއި 8، 9 އަދި 10 ހިމެނޭ ސްކޮޑެއްގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުންގެ ސްކޮޑެކެވެ. ކޮންމެ ސްކޮޑަކުން ވެސް ފެނިގެން ގޮސްފައިވަނީ ސްކޫލްގައި ހިންގާ އެކިއެކި ހަރާކާތްތަކެވެ.

މީގެ އިތުރުން ޕްލާސްޓިކް ނައްތާލުމައި، ޕްލާސްޓިކާއި ދެކޮޅަށް ހިންގާ ބައެއް ކަންތައްތަކެއް ފެނިގެންދާ ފްލޯޓްތަކެއް ވެސް ވަނީ ފެނިގެންގޮސްފައެވެ.

މި ފްލޯޓްތައް ހަދާފައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކޮށްގެނެވެ.

މި ފިލޯޓްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަކީ ތިމާވެއްޓާއި ވަރަށް ރައްޓެހި ސްކޫލެއް ކަމަށެވެ. އަދި ފްލޯޓް ފަރުމާކޮށްފައިވަނީ މުޅި ދުނިޔެއަށް އަދި ގައުމަށް ވަރަށް މުހިއްމު މެސެޖެއް ލިބޭނެގޮތަށްކަމަށް އޭނާ ވިދާޅުވި އެވެ.

މި ފްލޯޓް ހެދުމަށްޓަކައި 5000 އެއްހާ ޕްލާސްޓިކް ފުޅި ބޭނުން ކުރެވިފައިވާ ކަމަށާއި ފްލޯޓް ގެންގޮސް ރޫޅާލުމަށްފަހު އެފުޅިތައް ކަލެކްޝަން ޕޮއިންޓަށް ގެންދާނެ ކަމަށް ތޯހާ ވިދާޅުވިއެވެ. އަދި ހުރިހާ ފުޅިއެއް ޕާލޭ މޯލްޑިވްސް އަށް ގެންގޮސް މިފުޅިތައްވެސް ދާނީ ރީޔޫސް ކުރެވި ރީ ޑިޒައިން ކުރެވިގެން ކަމަށް ތޯހާ ވިދާޅުވިއެވެ.

މި ޕެރޭޑާއި ގުޅޭގޮތުން ސްކޫލްގެ ދަރިވަރުން ބުނީ މިފަދަ އިވެންޓެއް ބޭއްވުމުން ވަރަށް އުފާވާ ކަމަށާއި މިފަދަ އިވެންޓްތައް ކުރިއަށް އޮތްތަނުގައިވެސް ބޭއްވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އަދި މިއީ ވަރަށް އާތަޖުރިބާއެއް ކަމަށާއި އާކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށް ދަރިންވަރުން ބުންޏެވެ.

ޣިޔާސުއްދީން ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އޭގޭ ކުރިން ސްކޫލްގައި ކިޔަވައިދެނީ ގްރޭޑް 1 އިން 7 އާއި ހަމައަށެވެ. ނަމަވެސް އިންޓްނޭޝަލް ސްކޫލަށް ބަދަލުކުރުމަށްފަހު ކިޔަވއިދެމުން ދަނީ ގްރޭޑް 1 އިން 10 އަކާއި ހަމައަށެވެ.

- ކޮމެންޓް