Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 14:30
ތިލަފުށީގައި އަލިފާން ރޯވި ދޯނި
ތިލަފުށީގައި އަލިފާން ރޯވި ދޯނި
އެމްއެންޑީއެފް
ދޯންޏެއްގައި އަލިފާން ރޯވުން
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
ރޯވެފައިވަނީ ތިލަފުށީ ބޯޓުޔާޑުގައި އެހެލާފައި އޮތް ފައިބަރު ދޯންޏެއްގައި

ތިލަފުށީގެ ބޯޓްޔާޑުގައި އެހެލާފައި އޮތް ދޯންޏެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއާރުއެސް) އިން ނިއްވާލައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

 

މި ހާދިސާ ހިނގަން މެދުވެރިވީ އެހެލާފައި އޮތް ފައިބަރު ދޯންޏެއްގައި ހުރި ޑީސަލް ޓޭންކެއްގައި ރޯވެގެން ކަމަށާއި، ރޯވި އަލިފާނުގެ ސަބަބުން ދޯންނަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

 

މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 04:43 ހާއިރު ކަމަށާއި، މި މަޢުލޫމާތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު، ތިލަފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައި، 06:00 ހާއިރު ދޯނީގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

 

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ދޯނީގެ ބޮޑުބައެއް އަނދައިގެން ދިޔުމުގެ ސަބަބުން ދޯންނަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު ތަނަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް