Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 14:17
ރާއްޖެޓީވީގެ ނޫސްވެރިން ނިއުސް ރޫމްގައި މަސައްކަތްކުރަނީ
ރާއްޖެޓީވީގެ ނޫސްވެރިން ނިއުސް ރޫމްގައި މަސައްކަތްކުރަނީ
ރާއްޖެއެމްވީ
ފ. އަތޮޅަށް ރާއްޖެޓީޥީ
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
ފ. އަތޮޅު ވިއްކާލާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް ހެދުމަށް ނިންމައިފި އެވެ.

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި، ފ. އަތޮޅުގައި ވަގުތީ ބިއުރޯއެއް ހެދުމަށް ނިންމީ ފ. އަތޮޅު ވިއްކާލުމުގެ އަޑުތައް ފެތުރިފައިވުމާއެކު، އެ އަތޮޅުގެ ރައްޔިތުންގެ އިހްސާސްތަކާއި ހަބަރާއި މައުލޫމާތު އަދި އެ އަތޮޅު ވިއްކާލުމާ ގުޅޭ މައުލޫމާތު ވެސް އެންމެ ތާޒާކޮށް، އަވަހަށް ގެނެސްދިނުމުގެ ބޭނުމުގައެވެ.  

"މި ވަގުތު ދިވެހި ރައްޔިތުންގެ، މުޅި ރާއްޖޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފ. އަތޮޅު ވިއްކާލަން އުޅޭ މައްސަލަ. އަޅުގަނޑުމެންނަކީ ރާއްޖޭގެ ނިއުސް އެންޑް ކަރަންޓް އެފެއާޒަށް ހާއްސަ ޓީވީއެއް. ރާއްޖޭގެ ބިމުން ބައެއް ވިއްކާލަން އުޅޭ ފުރަތަމަ ފަހަރު މިއީ. އެހެންވެ، މި މައްސަލަ އަޅުގަނޑުމެން ބޭނުން ރައްޔިތުންނަށް ވީ އެންމެ ބޮޑަކަށް ތިލަކުރަން. ރައްޔިތުންގެ ކަންބޮޑުވުން ގެނެސްދޭނެ. މިކަމުގައި ހުރި ފައިދާ އާއި ގެއްލުން ކިޔައިދޭން،" ފިޔާޒު ވިދާޅުވި އެވެ.

ރާއްޖެޓީވީން ފ. އަތޮޅުގައި ވަގުތީ ބިއުރޯއެއް ހަދަން މި ނިންމީ ނިމިގެން ދިޔަ ހަފުތާ ބަންދު ތެރޭގައި އެ އަތޮޅަށް ދިޔަ ރާއްޖެޓީވީގެ ޓީމަށް މަރުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެ މައްސަލަ ފުލުހުން ބަލަމުންދާއިރު، މަރުގެ އިންޒާރު ދިން މައްސަލައިގެ ތުހްމަތުގައި އެއްވެސް މީހަކު މިހާތަކަށް ހައްޔަރެއް ނުކުރެ އެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި ރާއްޖެޓީވީގެ ޓީމަށް ވަރަށް ބޮޑެތި ގެއްލުމާއި ނުރައްކާ އަދި އިންޒާރުތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް މި ސްޓޭޝަން ދެމި އޮތީ މިނިވަން ނޫސްވެރިކަން ދުއްވާލުމަށްޓަކައި ދައްކާ ބިރަށް ބެލުމެއް ނެތި، ފަހަތަށް ޖެހުމެއް ނެތި ކުރި ހިތްވަރުން ކަމަށެވެ.

"ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ނުރައްކާތެރި އިންޒާރުތަކަށް ފަހަތަށް ޖެހުމަކީ އަޅުގަނޑުންނަށް ދަސްވެފައި ނެތް ކަމެއް. އަޅުގަނޑުމެން އިރާދަކުރެވިއްޔާ ހުރިހާ ދާއިރާއެއްގެ ހަބަރު ވެސް، ފ. އަތޮޅާ ގުޅޭ ހަބަރުތައް ވެސް، "ކޮނެގެން" ވެސް ގެނެސްދާނަން،" ފިޔާޒު ވިދާޅުވި އެވެ.
 

ސައުދީ އަރަބިއްޔާގެ ރަަސްގެފާނަށް ފ. އަތޮޅު ވިއްކާލަށް އުޅޭކަމުގެ އަޑުތައް ގަދަވުމާއެކު، ރައީސް ޔާމީން ވިދާޅުވެފައިވަނީ އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށް ވިދާޅުވެފަ އެވެ. އެ އަތޮޅަށް 10 ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެ މަޝްރޫއުގެ ތަފްސީލެއް ދިވެހިރައްޔިތުންނަށް ހާމަކޮށްފައެއް ނެތެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް
5 މާރޗް 2017 | އާދީއްތަ 17:24
ހ މ ޒ
ފ.އަތޮޅުގައި ވާން މިއުޅޭ ކަމަކީ އޭގެ ނަތީޖާ ރަނގަޅު ވެއްޖެ ކަމުގައިވާ ނަމަ ދިވެހިރާއްޖެ މުޅި ދުނިޔޭގެ ޗާޓުގައި، އެއަށް ވުރެން ވަރުގަދަ އަށް ފަވާލެވޭނެ އެހެން ގައުމެއް ނާންނާނެ ވަރުގެ މަޝްރޫއެއް.