Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 13:56
ތާޒާ ފެން
ތާޒާ ފެން
ގޫގުލް
ތާޒާ ފެނުގެ މައްސަލަ
މިހާރު ބާޒާރުގައިހުރި "ތާޒާ" ފެނުގައި ފާ ރަހައެއް، އެމްއެފްޑީއޭ އިން މި މައްސަލަ ބަލަނީ
މައްސަލަ ޖެހުނު ތާޒާ ފުޅިތަކުގެ ބެޗް ނަމްބަރުތަކަކީ 1465 އާއި 1466
އެ ފެނުގެ ބަދަލުގައި ރަނގަޅު ފެން ފޯރު ކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނޭ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދަނީ މައްސަލަ ޖެހުނު ފެނުގެ ޓެސްޓްތައް ހަދަމުން

ރާއްޖޭގައި އުފައްދައި ފުޅީގައި ބަންދުކޮށް، ބުއިމަށް ބޭނުން ކުރަމުންދާ "ތާޒާ" ފެނުގެ ޝިޕްމަންޓެއްގައި މައްސަލައެއް ފެންމަތިވެ، އެފެން ފުޅިތައް ފިހާރަތަކުން ނަގަން ފަށައިފި އެވެ.

 

އައިލެންޑް ބެވަރޭޖް މޯލްޑިވްސް (އައިބީއެމް) އިން އުފައްދާ އެ ފެނުގައި ފާ ވަހާއި ފާ ރަހަ އެ ފެނުގައި ހުރުމުން އާންމު ރައްޔިތުންގެ ޝަކުވާތައް އިތުރުވެ، އެ ފެން ނަގަމުންދާ ކަމަށް އެ ކުންފުނިން ވެސް ވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން ގުޅާ ލުމުން މައުލޫމާތު ދީފަ އެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާ ވަހާއި ފާ ރަހަ ހުރީ ތާޒާ ފެނުގެ ފަސް ލީޓަރުގެ ފުޅިތަކެއްގަ އެވެ. އެނގިފައިވާ ގޮތުގައި މައްސަލަ ޖެހިފައިވަނީ ބެޗް ނަމްބަރު 1465 އާއި 1466 ގެ ފުޅި ތަކުގަ އެވެ.

 

އައިބީއެމް އިން ބުނީ ހޮނިހިރު ދުވަހު އެފަދަ މައްސަލައެއް ފެންމަތި ވެފައިވާ ކަމަށާއި އެ ފުޅިތައް މިހާރު ނަގަމުންދާ ކަމަށެވެ. އަދި އެ ފެނުގެ ބަދަލުގައި ރަނގަޅު ފެން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

 

އެ ފެނުގައި ހުރީ ކޮން މައްސަލައެއް ތޯ ސުވާލު ކުރުމުން އައިބީއެމް އިން ބުނީ ހުރި މައްސަލަތައް އެނގޭނީ އެ ފެނުގެ ޓެސްޓްތައް ހެދުމުން ކަމަށެވެ.

 

މި މައްސަލައާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މިހާރު ތާޒާ ފެނުގެ ސާމަޕަލް ނަގާފައިވާ ކަމަށާއި ޓެސްޓު ކުރަމުންދާ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ އިތުރަށް އެއްޗެއް ބުނަން އެނގޭނީ ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށެވެ.

 

ރާއްޖޭގައި ހާއްސަކޮށް މާލެގައި ގިނަ ގޭބީސީތަކުން ބުއިމަށް ބޭނުންކުރަނީ ފުޅިތަކުގައި ބަންދުކޮށްފައިހުންނަ ފެނެވެ. ތާޒާ ފެނަކީ ވެސް ގިނަ ރައްޔިތުން ބުއިމަށް ބޭނުންކުރާ ފެނެއް ކަމަށްވާއިރު ފެނުގައި މި ފަދަ މައްސަލަތައް ދިމާވުމަކީ ގިނަ ބަޔަކަށް ސިއްހީ މައްސަލަތައް ކުރިމަތި ވެދާނެ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް