Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 23:00
އަބްދުﷲ ފާއިދު މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަނީ
އަބްދުﷲ ފާއިދު މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
އެމްޓީސީސީ ޖޮބް ފެއަރ
700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ
މި ފެއަރގައި މަޤާމުތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ތަގުރިބާ ހިއްސާކުރެވޭނެ
މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންޓަވިއު ކުރުން ފެއަރގެ ތެރެއިން ކުރިއަށް ދާނެ

700 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާއެކު އެމްޓީސީސީ ޖޮބް ފެއަރ ފަށައިފިއެވެ.

މިވަގުތުހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތައް ވީހާވެސް ގިނަ ފަރާތްތަކާ ހިއްސާކުރުމުގެ ގޮތުން "ޖޮއިން ޓީމް އެމްޓީސީސީ" ގެ ނަމުގައި ބާއްވާ ޖޮބް ފެއަރ، ހުޅުއްވައި ދެއްވީ ޔޫތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ އަހުމަދެވެ. 

މި ޖޮބް ފެއަރ އާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވީ، ޔޫތް މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން މި ހިންގާ ފުރަތަމަ އެކްޒިބިޝަނަކީ އަދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވޭ އެކްޒިބިޝަނެއް ކަމަށެވެ.

އެގޮތުން މި އެކްޒިބިޝަންގައި ބޮޑަށް މަސައްކަތް ކުރަނީ ޔޫތް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައި ތިބި ޒުވާނުންގެ އިތުރުން ސުކޫލުތަކުންނާއި ކޮލެޖުތަކުން ވަޒީފާގެ މާހައުލަށް އަލަށް ނިކުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ފާއިދު ވިދާޅުވިއެވެ.

މި ފެއަރގައި ބައިވެރިވެ ވަޒީފާތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީގެ ލޯންގް-ޓާމް އަދި ޝޯޓް-ޓާރމް ޓްރެއިނިން އަކީ ކޮބައިކަން ބައިވެރިންނަށް ކިޔަދިނުމުގެ އިތުރުން އެފަރާތްތަކުގެ ކެރިއަރ ބައްޓަން ކުރާނެ ގޮތާ ބެހޭގޮތުން ވެސް މަޢުލޫމާތު ލިބިގެން ދާނެކަމަށް ފާއިދު ވިދާޅުވިއެވެ. މީގެ އިތުރުން މިވަގުތު ރާއްޖޭގެ ވަޒީފާތައް ބެހިފައިވާ ގޮތާއި، އެމްޓީސީސީގެ ފަރާތުން ޒުވާނުންނަށް ދެވޭނެ ސަރވިސް ތަކުގެ މަޢުލޫމާތު ވެސް ހިއްސާކުރެވޭނެއެވެ.

މި ޖޮބް ފެއަރ ގައި އެމްޓީސީސީގެ ހުރިހާ ޑިޕާޓްމަންޓެއް ތަމްސީލު ކުރާނެކަން ފާހަގަކުރައްވަމުން ފާއިދު ވިދާޅުވީ ވަޒީފާގެ ފުރުސަތު ހުޅުވިފައިވާ މަޤާމުތަކުގެ ތެރޭގައި ސަޕޯޓްސަރވިސް ޑިވިޝަން،އެޗްއާރު، ފައިނޭންސް ފަދަ ކުދި ޔުނިޓުތަކުން ފެށިގެން މި އަހަރު ތެރޭގައި އަލަށް ފެށޭ މަހާ ޖައްރާގެ ކެޕްޓަންގެ މަޤާމު ހިމެނޭ ކަމަށެވެ. މީގެ އިތުރުން ވަރަށް ގިނަ އެޑްމިން އަދި ޓެކްނިކަލް މަޤާމުތައް މީގެތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކުންފުނިތަކާއި ޚިލާފަށް މި ކުންފުނިން ވިސްނާފައިވަނީ ހަމައެކަނި ވަޒީފާއެއް ދިނުން ނޫން. އެގޮތުން މި ފެއަރގެ ކޮންމެ ސްޓޯލެއްގައި ވެސް އެމްޓީސީސީގައި މަސައްކަތް ކުރާ މަޤާމުގެ ތަޖުރިބާ ހިއްސާކުރެވޭ ބޭފުޅުން ތިއްބަވާނެ،" ފާއިދު ވިދާޅުވިއެވެ.  

މީގެއިތުރުން ވަޒީފާއަށް ޝައުގުވެރިކަން ފާޅުކޮށް މަޤާމަކަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއު ކުރެވޭނެ ގޮތަށް އިންޓަވިއު ޕެނަލް އެއްވެސް ހުންނާނެ ކަމަށާއި، އިންޓަވިއު އިން ހޮވޭ ކުދިންނަށް ދެ ހަފުތާ ތެރޭގައި އިއުލާންކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުއިރު، ސަތާރަ ސަތޭކަ ސްޓާފުން ތިބި ކަމަށާއި، މިއަހަރު ތެރޭގައި ވަޒީފާގެ ހަތް ސަތޭކަ ފުރުސަތު ހުޅުވިގެންދާނެކަމަށްވެސް ފާއިދު ވިދާޅުވިއެވެ.  

އިތުރަށް މަޢުލޫމާތު ދެއްވަމުން އަބްދުﷲ ފާއިދު ވިދާޅުވީ ސުކޫލު ނިންމާފައި އަލަށް ވަޒީފާއަށް ނިކުންނަ ފަރާތްތަކަށް ވަޒީފާއެއް ހޯދުމަށް އެމްޓީސީސީއަކީ އެންމެ އެކަށޭނަ ޑައިވާސް ކުންފުނި ކަމަށެވެ.

"ޖޮއިން އެމްޓީސީސީ" މި ފެއަރ މިރޭ 20:00 އާއި 22:00 ދެމެދު ވެސް ކުރިއަށް ދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް