Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 19:36
ފަތުމަތު އިބްރާހީމް ދީދީ
ފަތުމަތު އިބްރާހީމް ދީދީ
ޓްވިޓަރ
މެޑަމްއަށް މަރުހަބާ ކިޔުން
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
މެޑަމް ފާތުން ވަޑައިގަންނަވާތީ މަރުހަބާ ކިޔުމަށް ކައުންސިލަށް ވެސް އެންގީ ޕީޕީއެމް ޖަގަހައިން
ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކުންވެސް ދަތުރުފުޅުގެ އިންތިޒާމް ތަކުގައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީ ގއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ގއ. ވިލިނގިލީގައި ހުރި ދައުލަތުގެ ހުރިހާ އިދާރާއަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެކަމަނާއަށް މަރުހަބާ ކިޔުމަށް ބަނދަރު މައްޗަށް ނިކުތުމަށް އަންގައިފި އެވެ.

ވިލިނގިލީގައި ހުންނަ "ޕީޕީއެމް މައި ޖަގަހަ" ނަމަކަށްކިޔާ ޖަގަހައިން ކަމަށް ބުނެ، ވިލިނގިލީގައި ހުންނަ ދައުލަތުގެ ހުރިހާ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ފާތުމަތު އިބްތުމަތު އިބްރާހީމްދީދީ އެރަށަށް ވަޑައިގަންނަވާތީ ހަވީރު 16:10 އަށް އެރަށު ރަސްމީފާލަން ކައިރިއަށް އައުމަށެވެ.

މީގެއިތުރުން، އެސިޓީގައި ވަނީ ވިލިނގިއްޔަށް އެކަމަނާ ވަޑައިގެންނެވުމަށްފަހު ޕީޕީއެމްގެ އެ ޖަގަހައަށް ވަޑައިގަންނަވާ ރަށު ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ އަދި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ވިލިނގިލީގައި ހާއްސަ ޖަލްސާއެއް ބޭވުމަށް ހަމަޖެހިފައިވާ ކަމަށާއި ހުރިހާ މުވައްޒަފުންވެސް އެޖަލްސާގައި ބައިވެރިވުމަށް ވެސް އެސިޓީގައި އަންގާފައި ވެއެވެ.

ޕީޕީއެމްގެ އެ ޖަގަހައިން އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެރަށު ކައުންސިލަށާއި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ވެސް ސިޓީއަކުން އަންގާފައި ވެއެވެ.

އެރަށުން މައުލޫމާތު ދިން މީހަކު ބުނީ ފާތުމަތު އިބްރާހީމްދީދީ ވިލިގިއްޔަށް ކުރައްވާ ދަތުރާ ދިމާކޮށް، އެރަށުގެ ރައްޔިތެއް ކަމަށްވާ ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާ ސުޖާއު އުސްމާނު އެރަށަށް ވަޑައިގެން އުޅުއްވާ ކަމަށެވެ. އަދި ފާތުމަތު އިބްރާހިމްގެ ދަތުރުފުޅާ ގުޅޭ ކަންކަމުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފަނޑިޔާރު ސުޖާއުގެ އިތުރުން އެރަށު ކޯޓުގެ އިސްމެޖިސްޓްރޭޓް ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކަމަށް އެނާ ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް