ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 02:15
ރާއްޖެ އިޝްތިހާރު ކުރުމަށް މީގެ ކުރިން ބޭނުން ކުރި ކޮތަޅުތައް
ރާއްޖެ އިޝްތިހާރު ކުރުމަށް މީގެ ކުރިން ބޭނުން ކުރި ކޮތަޅުތައް
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
ރާއްޖެ އިޝްތިހާރު ކުރާ ކޮތަޅު ޑިޒައިން ކުރުމުގެ އިއުލާނުގެ މުއްދަތު އިތުރުކޮށްފި
 
މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 25،000ރ ލިބިގެންދާނެ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ ކޮތަޅު ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ޑިޒައިން ކުރާ ކޮތަޅުގެ ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ ޖޫން މަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ. އޭގެ ކުރިން ފުރުސަތު ހުޅުވާލާފައިވަނީ ޖޫން 11 ވަނަ ދުވަހާ ހަމައަށެވެ. އަދި މިހާރު އެ މުއްދަތު ޖުލައިމަހުގެ 17 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އަދި ދިވެހި ކުންފުންޏަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 25،000ރ ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމްއެމްޕީއާރްސީ އިން އިތުރަށް ބުނެފައި ވަނީ އެ ކޮތަޅަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ ފެއަރ އަދި ރޯޑްޝޯތަކުގައި ވަރަށް މަޤުބޫލު އެއް ހަދިޔާ ކަމަށެވެ. އަދި ކޮތަޅު އިޝްތިހާރު ކުރުމަށް ހުށަހަޅާ ފަރާތްތަކުން "ވިޒިޓް މޯލްޑިވްސް" މި ލަފްޒު ބޭނުންކޮށް، ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ "ދަ ސަނީ ސައިޑް އޮފް ލައިފް" ރަމްޒުކޮށްދޭ މަންޒަރުތައް ހުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން މުބާރާތުން އެއްވަނަ އަށް ހޮވޭ މަންޒަރު ތީމްއެއްގެ ގޮތުގައި ބަލައިގަނެ، އެހެނިހެން މަރޗަންޑައިސްގައި ވެސް އެއާ ގުޅޭ މަންޒަރުތައް ޕްރިންޓްކޮށް އިޝްތިހާރު ކުރާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

މި ކޮތަޅު ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ތިބި ފަންނުވެރިންގެ އަގު ވަޒަންކޮށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ މަޤްސަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ މުބާރާތެއްގެ ގޮތުގައި ކޮތަޅު ފަރުމާކުރުމަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
33%
67%
0%
ކޮމެންޓް