Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 14:33
އަދުރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
އަދުރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ގޫގުލް
މެންބަރު އަބްދުއްރަހީމް
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
އަދުރޭ ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި އެމްޑީޕީއަށް 100 ފޯމް ވެސް ހަމަ ނުކުރެވޭނެ ކަމަށް
އަދުރޭ ވިދާޅުވީ 100 ފޯމް ހަމަ ކޮށްފި ނަމަ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރައްވާނެ ކަމަށް
އެމްޑީޕީގެ ފޯމްތައް ފުރި އެމްޑީޕީގެ މެމްބަރުން ބުނީ އަދުރޭ އަތުން ލޯލަރިއެއް ވެސް ބޭނުން ނޫން ކަމަށް

ލ. ފޮނަދޫ އިން އެމްޑީޕީގެ މެމްބަރޝިޕްގެ 100 ފޯމް ފުރައިފި ނަމަ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވާތީ، އެރަށުން އޭނާއަށް ރައްދު ދީފި އެވެ.

 

ފޮނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު "ރާއްޖެއެމްވީ"އަށް ބުނީ އެމްޑީޕީއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމަށް ރާވާފައި ވަނިކޮށް، ތިން ދުވަހުގެ ތެރޭގައި 100 ފޯމް ވެސް އެމްޑީޕީއަށް ހަމަ ނުކުވޭނެ ކަމަށް މެމްބަރު އަބްދުއްރަހީމް ވިދާޅުވުމުން އެކަން ވާނެ ކަމަށް އަބްދުއްރަހީމަށް ދައްކާލުމުގެ ގޮތުން ތިން ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ އެމްޑީޕީގެ މެމްބަރުޝިޕް ފޯމް ފުރާފައިވާ ކަމަށެވެ.

 

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް ވަނީ އެމްޑީޕީއަށް ގޮންޖައްސަވާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ފޮނަދޫއިން ތިން ދުވަހުގެ ތެރޭގައި 100 ފޯމް އެމްޑީޕީއަށް ހަމަކޮށްފި ނަމަ އޭނާގެ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރައްވާނެ ކަމަށެވެ.

 

"މިދިއަ ހަފްތާގައި ރަށަށް ގޮސްފަ އެއްދުވަހު ހެނދުނު 9 ޖެހިއިރު، އަޅުގަނޑުގެ ގޭގައި މޭޒެއް ބަހައްޓާފަ، އަޅުގަނޑު ދަންނަވާލީ އަޅުގަނޑު ބޭނުމޭ މިއަދު ފޯމް ފުރާލަން. އަޅުގަނޑު އެއްވެސް ގެއަކަށް ފޯމް ފުރާކަށް ނުދަން. އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރަން. 9 ޖެހިއިރު ފެށީ ހަވީރު 4 ޖެހިއިރު 300 ފޯމް އަޅުގަނޑު ފުރިން ޕީޕީއެމަށް. ވަޑައިގަންނަވާ އަޅުގަނޑުމެންނާއެކީގައި. އެމްޑީޕީގެ ބޭފުޅުން ތިން ދުވަހު މަސައްކަތްކޮށްގެން 100 ފޯމް ފޮނަދޫއިން އެމްޑީޕީއަށް ފުރައިފިއްޔާ އަޅުގަނޑުގެ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރާނަން. ލާހިކެއް ނޫން 100 ފޯމް ހަމަކުރާކަށް،" އަދުރޭ ވިދާޅުވެފައި ވެއެވެ.

 

އޭނާ ބުނީ ތިން ދުވަހުގެ ތެރޭގައި އެމްޑީޕީއަށް 100 ފޯމް ހޯދައިފި ނަމަ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިޔަސް، އަބްދުރަހީމް އަތުން ލޯލާރިއެއް ވެސް ބޭނުން ނުވާ ކަމަށާއި ދައްކާލަން ބޭނުންވަނީ ސަރުކާރުން ކިތައްމެ ބިރެއް ދެއްކި ނަމަވެސް އެމްޑީޕީއަށް މެމްބަރުން ވަންނަމުންދާކަން ކަމަށެވެ. އަދި ފޮނަދޫގައި ހިންގި ހަރަކާތަކީ އެމްޑީޕީއަށް މީހުން ވަންނަމުންދާކަން އަބްދުއްރަހީމަށް ދައްކާލުމުގެ ގޮތުން ހިންގި ކުއްލި ހަރަކާތެއް ކަމަށް ވެސް އޭނާ ބުންޏެވެ.

 

އޭނާ ބުނީ އެމްޑީޕީއަށް ސަޕޯޓް ކުރާ ރައްޔިތުންނަށް ބޮޑަށް ހިތްވަރު އައީވެސް އަބްދުއްރަހީމް އެމްޑީޕީއަށް ގޮންޖައްސަވާފައި ދެއްކެވި ވާހަކަތައް މުޅި މީޑިއާ އާއި ރަށުތެރޭގަ އިވެން ފެށުމުން ކަމަށެވެ. އޭނާ ބުނީ އެމްޑީޕީއަށް މެމްބަރު އިތުރު ކުރުމަށް ހިންގަން ރާވާފައިވާ ހަރަކާތް ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަވާނެ ކަމަށެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 މާރޗް 2017 | ހޯމަ 01:46
Adil
Thuya ee sarukarun behi Kalhu fen hamuge mathatha foruvaigen vikki meeha yo
4 މާރޗް 2017 | ހޮނިހިރު 21:41
Zizzu
Saabahey dharinney
4 މާރޗް 2017 | ހޮނިހިރު 20:35
Ali
Moyaveetha Fonadhooo ah kohdhyfa huri kanthah handhaaan huri thow menbaru vidhaalhuveee
4 މާރޗް 2017 | ހޮނިހިރު 15:25
އެމީހާ
ކީންވެތަ ނަން ހާމަ ކުރަން ނުކެރެނީ
4 މާރޗް 2017 | ހޮނިހިރު 13:57
ނިޔާޒް
އަދުރޭ ތީ ބޯ ހަމަ ޖެހޭ އިންސާނެއް ކަމައް މިއަދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނެ ގައިމު ތިމީހުން ތަންތަނަށް އަރާފަ ކުފުރު ބަސްތައް ވެސް ބުނެހަދަނީ އިސްލާމް ދީނޭ ކިޔާފަ އަނގަ ފުޅާ ކުރާއިރު ލަދުން ބޯ ހަލާކު
4 މާރޗް 2017 | ހޮނިހިރު 13:49
މުގާބޭ
ކޮބާ އަދުރޭ ރާކަނިމަސް ކެވިއްޖެނު...
4 މާރޗް 2017 | ހޮނިހިރު 12:34
ައަނގަ އދުރެ
މަނަމެސް ކަޑަވާނެ.... ހަހަހަހަ.... އަދިވެސް ގަދަބަސް ބުނޭ
4 މާރޗް 2017 | ހޮނިހިރު 12:27
pO
adhurey ai go jehumai ekkameivves kuraane kamei nei. mihaaru emeehunnakee budhdhi hama baei noon.
4 މާރޗް 2017 | ހޮނިހިރު 11:32
ސަނާ
އަބްދުއްރަހީމްމެން ޖެހޭނީ އޮލަކޮށް ގިރައިގެން ހަބަރުޖޫސް ތުންކަނޑާނުލައި ބޯން