Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 02:26
ކަނޑު ގަދަ ދުވަހެއް
ކަނޑު ގަދަ ދުވަހެއް
ރާއްޖެ އެމްވީ
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
ރާއްޖެގެ ބޮޑު ހިސާބަކަށް ވިއްސާރަ ކުރާނެ

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގާ އުފެދުނު ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، އާއްމުގޮތެއްގާ މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެއް ނޫން ނަމަވެސް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގާ އުފެދުނު ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.

މިހަރު މިކުރާ ވިއްސާރައިގަ ރާއްޖޭގެ ބޮޑު ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށެވެ.

ދެކުނު އަތޮޅުތަކަށް، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާ 13 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ވިލާގަޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. މީގެ އިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް އަދާއިގެވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް