ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 12:03
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް
ބީބީސީ
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް: ކެންޔާ ބަލިކޮށް ސެނެގާލް ދެވަނަ ބުރަށް!
މި މެޗު ސެނެގާލުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުން

މިސްރުގައި ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ސެނެގާލް އަދި ކެންޔާ ބައްދަލު ކުރި މެޗް ސެނެގާލް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

މި މެޗު ސެނެގާލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުފަށައިގެން ސެނެގާލުން ބޯޅަ ގިނަ ވަގުތު ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއްވަނީ އުފައްދައިފައެވެ. އެ ގޮތުން މެޗުގެ 29 ވަނަ މިނެޓް ތެރޭގައި ލިވަރޕޫލްގެ ފޯވާޑް މާނޭ އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެ ގޮތުން މާނޭ ފޮނުވާލި ޕެނަލްޓީ ކެންޔާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ސެނެގާލުން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ސެނެގާލުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ އިސްމައިލާ ސެއާރާ އެވެ.

ސެނެގާލުން ޖެހި ލަނޑާއެކު ކެންޔާއިންވަނީ ކުރިޔަށް ޖެހިލާ އެޓޭކެއް އުފަށްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި ސެނެގާލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާނޭއެވެ.

މެޗުގެ 78 ވަނަ މިނެޓުގައި މާނޭ ވަނީ ސެނެގާލަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ މެޗުން ސެނެގާލް މޮޅުކޮށްދީފައެވެ.

މި ނަތީޖާއާއެކު، ސެނެގާލް އޮތީ ހަ ޕޮއިންޓާއެކު ގުރޫޕް "ސީ" ގެ ދެވަނައިގައެވެ. މި ގުރޫޕްގެ އެއްވަނައިގައި އަލްޖީރިޔާ އޮތީ ނުވަ ޕޮއިންޓާއެކު އެވެ. އަދި ކެންޔާ ގުރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތްއިރު ގުރޫޕްގެ ފުލުގައި އޮތީ ޓަންޒަނިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް