Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 23:18
ފޯކައިދޫއިން އެމްޑީޕީއަށް މަރުހަބާ ކިޔަނީ
ފޯކައިދޫއިން އެމްޑީޕީއަށް މަރުހަބާ ކިޔަނީ
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި
މި ދަތުރުގައި އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ގިނަ ބޭފުޅުން ބައިވެރިވެވަދައިގަންނަވާ

ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން އެމްޑީޕީގެ ޓީމެއް ށ. އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ހުކުރު ދުވަހު މެންދުރު މި ޓީމުން ފުރަތަމަ ޒިޔާރަތްކޮށްފައިވަނީ އެއަތޮޅު މިލަންދޫއަށެވެ. މިލަންދޫގައި ވަނީ ދޮރުން ދޮރަށް ހިނގާފައެވެ. އަދި ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތް އެޓީމުން ވަނީ ބަލާފައެވެ.

މިލަންދޫގެ ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި މިހާރުގެ ސަރުކާރަކަށް ތާއީދެއް ނުކުރެއެވެ. ޚާއްޞަކޮށް ތަކެތީގެ އަގު ބޮޑުވުމާއި ކަރަންޓުގެ އަގު ބޮޑުވުން ފަދަ އަސާސީ ކަންކަމުގެ އަގު އުފުލިފައިވުމުން ރައްޔިތުން ވަނީ ވަރަށް ބޮޑަށް މިސަރުކާރާ މެދު ހިތްހަމަ ނުޖެހިފައި ކަމަށް ފާޅުކުރަމުން ގެންދިޔައެވެ.

މިލަންދޫގައި ދޮރުން ދޮރަށް ހިނގުމަށް ފަހު އެމްޑީޕީގެ ޓީމު ދެން ޒިޔާރަތްކުރީ ށ. ފޯކައިދޫއަށެވެ. އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް އެމްޑީޕީގެ ޓީމަށް ކިޔާފައެވެ.

ފޯކައިދޫގައި ހުކުރު ދުވަހުގެރޭ އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ 9:00 އިރު ފޯކައިދޫގައި ހުންނަ އެމްޑީޕީގެ ހަރުގޭގައެވެ.

މި ޓީމުގައި އެމްޑީޕީގެ އިސް ގިނަ ބޭފުޅުން ބައިވެރިވަޑައިގަންނަވައެވެ. އެގޮތުން އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ މި ޓީމުން ހޮނިހިރު ދުވަހުވެސް ށ އަތޮޅުގެ ބައެއް ރަށްރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް