Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 22:19
ވޯލްޑް ވައިލްޑް ލައިފް ޑޭ
ވޯލްޑް ވައިލްޑް ލައިފް ޑޭ
ގޫގުލް
ތިމާވެށި ހިމާޔަތްކުރުން
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
ދުނިޔޭގެ ވަލު ޖަނަވާރުތަކާއި ގަސްގަހާ ގެހި ހިމާޔަތް ކުރުމުގެ ދުވަހަކީ މާޗް 3

ދުނިޔޭގެ ވަލު ޖަނަވާރާއި ގަސްގަހާ ގެހި ހިމާޔަތް ކުރުމުގައި ދިވެހިރާއްޖެއިން ބޮޑެތި ކުރިއެރުމާއި ކާމިޔާބީތައް ހާދާފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

ޑިސެމްބަރު 20، 2013 ގައި އދ. ގެ އާންމު ބައްދަލުވުމުގައި، ދުނިޔޭގެ ވަލު ޖަނަވާރުތަކާއި ގަސްގަހާ ގެހީގެ ދުވަސް ފާހަގަކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ވާރލްޑް ވައިލްޑްލައިފް ޑޭ" ކަމަށް ކަނޑައަޅައި ކޮންމެ އަހަރެއްގެ މާރޗު 3 ގައި މުޅި ދުނިޔޭގައި ކުލަގަދަކޮށް ފާހަގަކުރާ މި ދުވަހާ ގުޅުވައިގެން އެންވާރަމެންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ސައިޓީސް ކޮޕް 2017 ގައި އައިންމަތީ މިޔަރު އެޕެންޑިކްސް ދޭއްގައި ހިމެނުމަށް ދިވެހިރާއްޖެއިން ހުށަހެޅި ޕްރޮޕޯސަލް ވަނީ ފާސްވެފައެވެ.

އެގޮތުން ދިވެހިރާއްޖެއިން ތާއީދުކުރި ކަނޑިމިޔަރާއި، މާކނޑުގައި އުޅޭ މަޑީގެ ބާވަތެއް ކަމަށްވާ މޮބިއުލާ ރޭސް ވެސް އެޕެންޑިކްސް ދޭއްގައި ހިމެނުނު ކަމަށާއި މިކާމިޔާބީތަކަކީ ވައިލްޑްލައިފް ހިމާޔަތްކުރުމަށް ސައިޓީސްގައި ކުރެވުނު މަސައްކަތްތަކަކުން ދިވެހިރާއްޖެއިން މުހިއްމު ރޯލެއް އަދާކޮށްގެން ހާސިލްކުރެވުނު ފޮނި ނަތީޖާތަކެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދުނިޔޭގެ ވައިލްޑްލައިފް ދުވަސް 2017 އަށް ކަނޑައަޅާފައިވާ ޝިޔާރަކީ "ލިސިން ޓު ދަ ޔަންގް ވޮއިސަސް" އެވެ. ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި ނިސްބަތް ވަނީ ޒުވާނުންނަށް ވެފައި، ޒުވާނުންނަކީ ދުނިޔޭގެ މުސްތަގުބަލު ކަމަށް ވާތީ، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުންތައް ހިމާޔަތްކުރުމަށް ޒުވާނުންގެ ޝައުގުވެރިކަމާއި، މަސްއޫލުވެރިކަން އަލާކުރަންޖެހޭ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސައުތު އެފްރިކާގެ ޖޮހަނަސްބާގުގައި ބޭއްވި  "ކޮންފަރަންސް އޮފަ ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" (ސައިޓީސް ކޮޕް 2017)ގައި ރާއްޖެ އާއި އެހެން މެމްބަރު ޕާޓީތަކަކަން "ޔޫތު އެންގޭޖްމަންޓް" މުއާހަދާއެއް ފާސް ކުރިއެވެ.

. ދުނިޔޭގެ އެކި ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިއްމު ކަމަށް އދ. އިން ބަލައިގަނެއެވެ. މި ދުވަހަށް މިފަހަރު ކަނޑައަޅާފައިވާ ޝިޔާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނަށް އިލްތިމާސްކުރަނީ ދުނިޔޭގެ ވަލު ޖަނަވާރުތަކާއި ގަސްގަހާގެއްސަށް ދިމާވެފައިވާ އެކި ނުރައްކާތަކާއި ގޮންޖެ ހުންތައް ނައްތާލުމަށާއި، ވަގު ވިޔަފާއި ހުއްޓުވުމަށާއި، މިދިރުންތައް ގުދުރަތީ ގޮތުން އާލާވާ މިންވަރަށް ވުރެ އިތުރަށް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށެވެ. މިއަދުގެ ޒުވާނުންނަކީ މާދަމައަށް ގެނެވޭ ރަނގަޅު ބަދަލަކަށް ހެދުމަށް ޒުވާނުންގެ ޚިޔާލު ހޯދުމާއި، ވައިލްޑްލައިފް ހިމާޔަތްކުރުމާއި ރައްކާތެރިކުރުމުގައި އިސްކޮށް ހަރަކާތްތެރިކުރުވުން މުހިއްމު ކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިލްޑްލައިފް ދުވަސް ފާހަގަކުރަމުންދާއިރު، މިދިޔަ އަހަރު ސައިޓީސް މުއާހަދާގެ ދަށުން ހިމާޔަތްކުރެވުނު ދިރުންތައް ހަނދާންކޮށްލަން ޖެހެއެވެ. ސައިޓީސްއަކީ ދުނިޔޭގެ ނެތި ދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތި ދިޔުމުގެ ބިރު ކުރިމަތިވެފައިވާ ދިރުންތަކުގެ ވިޔާފާރި ކޮންޓްރޯލުކުރުމަށާއި، އެ ދިރުންތައް ދެމެހެއްޓިނިވި ގޮތުގައި ބޭނުންކުރެވޭނެ ގޮތް މަގުފަހި ކުރުމުގެ ގޮތުން 183 މެމްބަރު ގައުމަކުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެކެވެ. ސައިޓީސްގައި އެއްވެސް ދިރުމެއް ލިސްޓު ކުރެވުމަށް ފަހު އެދިރުންތަކާއި، އެދިރުންތަކުގެ ބައިތަކާއި އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓުރޯލްކުރެވެއެވެ.

އެގޮތުން 35،000 އަށް ވުރެ ގިނަ ދިރުންތައް ހިމެނޭ ގޮތަށް ސައިޓީސްގައި ހިމެނޭ ދިރުންތައް ބަހާލެވިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ނެތި ދިޔުމުގެ ބިރު ކުރިމަތިވެފައިވާ ދިރުންތަކެކެވެ. އަދި މި ދިރުންތަކަކީ ވިޔަފާރި އުސޫލުން އެއް ގައުމުން އަނެއް ގައުމަށް ގެންދިޔުން މަނާ ދިރުންތަކެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް