Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 20:10
ބިލަތްދޫގައި އިޚްތިޖާޖު ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަނީ
ބިލަތްދޫގައި އިޚްތިޖާޖު ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
ފ. އަތޮޅު ވިއްކާލުން
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ އަންހެނުން ހިމެނޭ
ގިނަ އަދަދެއްގެ މަސް ދޯނިފަހަރު ހުއްޓުވާ ބަލާ ފާސްކުރުން

ސަރުކާރުން ފ. އަތޮޅުގައި ހިންގާ ބިޔަ ބޮޑު ޕްރޮޖެކްޓުން ފ. އަތޮޅަށް ވެގެންދާނެ ގޮތް ނޭނގޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބިލަތްދޫގައި އިޚްތިޖާޖު ކުރަމުންދިޔަ މީހުންގެ ތެރެއިން ބަޔަކު ހައްޔަރު ކޮށްފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ބިލަތްދޫ ކައުންސިލްގެ ރައީސް ހަސަން މައުމޫން ވިދާޅުވީ ހުކުރު ދުވަހު މެންދުރު ފަހު ބިލަތްދޫގައި ކުރިއަށް ދިޔަ އިޚްތިޖާޖުގައި ބައިވެރިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނޭ ކަމަށެވެ.

 

ގިނަ އަދަދެއްގެ މީހުން އިޚްތިޖާޖު ކުރަމުންދާއިރު މިހަރަކާތް ހުއްޓުވުމަށް 100 އެއްހާ ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެރަށުގެ ގިނަ އަދަދެއްގެ މަސް ދޯނިފަހަރު ވެސް ހުއްޓުވާ، ބަލާ ފާސްކުރަމުންދާ ކަމަށާއި އެއްވެސް ބާވަތެއްގެ ފޮތި ރަށަށް އެރުވުން މަނާ ކޮށްފައިވާ ކަމަށެވެ.

 

ފޮތި އެރުވުން މަނާކޮށްފައިވީ ނަމަވެސް އަރަބި ބަހުން ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހިފައިގެން ރައްޔިތުން އިޚްތިޖާޖު ކުރަން ފެށުމުން ފުލުހުން ވަނީ ބެނާތައް އަތުލާފައެވެ.

 

މައުމޫން ވިދާޅުވީ ކުރިން ރާވަފައިއޮތީ އަތޮޅުގެ ރައްޔިތުން ކަނޑުމަތީގައި އިޚްތިޖާޖު ކުރަން ކަމަށާއި ނަމަވެސް އެކަން ކުރިއަށް ގެންދެވޭ ގޮތް ނުވީ ކަމަށެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް