ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 12:36
ގައުމީ ޗެސް ޓީމު
ގައުމީ ޗެސް ޓީމު
ފޭސްބުކް
ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް
ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ގައުމީ ޗެސް ޓީމު އިންޑިއާއަށް ފުރައިފި
މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް

ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ގައުމީ ޗެސް ޓީމު އިންޑިއާގެ ނިއު ދިއްލީއަށް ފުރައިފިއެވެ.

ޗެސް ޓީމު ހޮނިހިރު ދުވަހު ފުރާފައިވާއިރު، ޓީމުގައި ހިމެނެނީ 14 އަހަރުން ދަށުގެ އުމުރުފުރައިން އަންހެން ކުޅުންތެރިއަކަށް އައިޝަތު ހިމްޔާ އިބްރާހިމް މުޖާހް އާއި 14 އަހަރުން ދަށުގެ އުމުރުފުރައިން ފިރިހެން ކުޅުންތެރިއަކަށް މުޖާހިދް ބިން ޔަޒީދް އާއި 16 އަހަރުން ދަށުގެ އުމުރުފުރައިން އަންހެން ކުޅުންތެރިއަކަށް ނުހާ ރިލްވާން އާއި 16 އަހަރުން ދަށުގެ އުމުރުފުރައިން ފިރިހެން ކުޅުންތެރިއަކަށް މުހަމަދު ޔަމީން ޔޫޝައު އާއި ސީނިއާ ޓީމްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ މުހަންމަދު ޝުއާއު އާއި ސީނިޔާ ޓީމްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ނިހާޔާ އަހުމަދު އަދި އަމިއްލަގޮތުން ބައިވެރިވާ ކުޅުންތެރިއެއް ކަމަށްވާ 14 އަހަރުން ދަށުގެ އާލާ މުހައްމަދު ނައުޝާދުއެވެ.

ކޮމަންވެލްތް ޗެސް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންޑިއާގެ ނިއުދިއްލީގެ ދަ ލީލާ އެމްބިއެންސް ކޮންވެންޝަން ހޮޓަލްގައި ބާއްވާ މި މުބާރާތުގައި ބައިވެރިވާ ގައުމު ތަކުގެ ތެރޭގައި، ސައުތް އެފްރިކާ އާއި ބަންގްލަދޭޝް އާއި ސްރީލަންކާ އާއި މެލޭޝިޔާ އާއި ސިންގަޕޫރާއި، އޮސްޓްރޭލިއާ އާއި، ނިއުޒިލެންޑާއި، އިންގްލޭންޑާއި، ސްކޮޓްލޭންޑާއި، އަޔަލޭންޑާއި، ވޭލްސް އާއި، ނައިޖީރިޔާ އާއި، ޓްރިނިޑެޑް އެންޑް ޓޮބަގޯ އާއި އިންޑިއާ އާއި ޒެމްބިއާ އަދި ތަންޒޭނިޔާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް