ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 12:33
އިބްރާހިމް ހަލީމް (ޖަޑާ)
އިބްރާހިމް ހަލީމް (ޖަޑާ)
ޓްވިޓަރ
ޔުއެފާ މުބާރާތް
ޔުއެފާ މުބާރާތަށް ބޭނުންވާ ވަރަށް ތައްޔާރު ނުވޭ: ޖާޑާ
މުބާރާތުގެ ކުރިން އިތުރު ޕްރެކްޓިސް މެޗުތަކެއް ބޭނުންވޭ
ބޫޓާން އަތުން މޮޅެއް ހޯދޭނެކަމުގެ އުންމީދު އެބައޮތް
މުބާރާތް ކުރިޔަށްދާނީ އަންނަ މަހު އައްޑޫ ސިޓީގައި

އަންނަ މަހު އައްޑޫ ސިޓީގައި ބާއްވާ 15 އަހަރުން ދަށުގެ ޔުއެފާ ޔޫތު މުބާރާތަށް ރާއްޖޭގެ ޓީމަށް ބޭނުންވާ ވަރަށް ތައްޔާރު ނުވެވޭ ކަމަށް ޓީމުގެ ކޯޗު އިބްރާހިމް ހަލީމް (ޖަޑާ) ބުނެފިއެވެ.

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރަސްމީ ފޭސްބުކް ޕޭޖަށް ދިން އިންޓަވިއުއެއްގައި ޖަޑާ ބުނީ، މުބާރާތަށް ތައްޔާރުވާން ފެށީ ނިމިދިޔަ ރޯދަ މަހު ކަމަށާއި، ބޭނުންވާ ވަރަށް ތަމްރީން ނެހެދުނު ކަމަށެވެ.

އެގޮތުން ޖަޑާ ބުނީ، މިހާތަނަށް ކުޅެވުނީ އެންމެ ޕްރެކްޓިސް މެޗެއް ކަމަށާއި، މުބާރާތުގެ ކުރިން އިތުރު ޕްރެކްޓިސް މެޗުތަކެއްވެސް ބޭނުންވާ ކަމަށެވެ.

ނަމަވެސް ޖަޑާ ބުނީ، މަސައްކަތް ކުރާނީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދަން ކަމަށާއި، އެގޮތުން ބޫޓާން އަތުން މޮޅެއް ހޯދޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

މީގެއިތުރުން ޖަޑާ ބުނީ، ސައުދި އަރަބިއްޔާ އަދި ލެޓްވިއާ އަކީ ރާއްޖޭގެ ލެވެލްއަށްވުރެ މަތީ ލެވެލް ކަމަށާއި، އެޓީމުތަކާ ދެކޮޅަށް ނިކުންނައިރު މަސައްކަތް ކުރާނީ ބައިކޮޅަށް ވަންނަ ލަނޑު މަދުކުރުން ކަމަށެވެ.

އަތޮޅު ތެރެއިން ރަނގަޅު ކުޅުންތެރިން ހޯދޭނެކަން ފާހަގަކުރަމުން ޖަޑާ ބުނީ، އެކަން ކުރުމަށް އަތޮޅު ތެރެއަށް ދަތުރުތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އަތޮޅު ތެރެއިން ހޮވާލެވޭ ކުޅުންތެރިންނާއެކު ޓީމު ވަރުގަދަވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި މަހުގެ 20 އިން 29 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގެ އިތުރުން ވާދަކުރާނީ ބޫޓާން، ލެޓްވިއާ އަދި ސައުދީ އަރަބިއްޔާގެ 15 އަހަރުން ދަށުގެ ޓީމެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ މެޗުތަކެއް އައްޑޫގައި ކުޅެފައިވާއިރު، މިއީ މިފަދަ ބޮޑު މުބާރާތެއް އައްޑޫގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް