Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 15:59
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ގޫގުލް
ތެލަސީމިއާ ޓެސްޓުކުރުން
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 10 ފަރާތަކަށް ޓެސްޓު ހެއްދޭ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތެލަސީމިއާއަށް ޓެސްޓު ކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ،ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 02:00 އާ ދެމެދު މި ޚިދުމަތް ލިބޭނެ ކަމަށެވެ.

ތެލަސީމިއާ ޓެސްޓު ހެދުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ނަން ނޯޓު ކުރައްވާ ތަރުތީބުން ކޮންމެ ދުވަހަކު 10 ފަރާތެއްގެ ސާމްޕަލް ނެގޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ތެލަސީމިއާ ޓެސްޓުގެ ނަތީޖާ ހަފްތާއެއްގެ ތެރޭގައި ލިބޭނެ އެވެ.

މި ޚިދުމަތް ފޯރުކޮށްދޭނީ ހިލެއެވެ. 

ތެލަސީމިއާ އަކީ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ (ހީމޯގްލޯބިން) ލޭގައި ފުރިހަމައަށް އުފައްދައި ނުދިނުމަށް ކިޔޭ ނަމެކެވެ. މިއީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމަކަށް ވާތީ، ކައިވެނިކުރުމުގެ ކުރިން ތެލަސީމިއާ އަށް ވާރުތަކުރާ ގޮތް ހުރިތޯ ޓެސްޓު ކުރުމަކީ މުހިންމު ކަމެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް