Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 05:37
ސިޒޭރިއަން ހައްދައިގެން ނަގަނިކޮށް ފައި ބިނދުނު ކުއްޖާ
ސިޒޭރިއަން ހައްދައިގެން ނަގަނިކޮށް ފައި ބިނދުނު ކުއްޖާ
ރާއްޖެއެމްވީ
ވިއްސުމުގައި އަނިޔާވުން
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
ކުއްޖާގެ ބައްޕަ ބުނަނީ އެކަން ސިއްރުކުރަން އުޅުނު ކަމަށް
އައިޖީއެމްއެޗް އިން މައްސަލަ ދަނީ ބަލަމުން

ބުރާސްފަތި ދުވަހު އައިޖީއެމްއެޗް އިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސިޒޭރިއަން ހެދި މީހާގެ ފިރިމީހާ ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން ބުނީ އެކަން ހިނގާފައިވަނީ ހެނދުނު ކަމަށެވެ. ނަމަވެސް އެކަން އޭނާއަށް އެގުނީ އޭގެ އެތަށް އިރެއްގެ ފަހުން ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުނީ، އެކަހަލަ ކަމެއް ވެދާނެ ކަމަށް ޤަބޫލުކުރާ ކަމަށާއި ނަމަވެސް އެހެން ދިމާވުމުން އެކަން ފޮރުވަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުއްޖާގެ ފައިގެ އެކްސް ރޭ

"އަޅުގަނޑުވެސް ގަބޫލުކުރަން ކަމެއް ދިމާވެދާނެ ކަން، އެކަމަކު މައްސަލައަކީ އެކަން އެހެންވީމަ ފޮރުވަން އުޅުން، އެންމެ ފުރަތަމަވެސް ވީ ގޮތް ރަނގަޅަށް ބުނެދިން ނަމަ މައްސަލައެއް ނެތް، އިންސާނެއްގެ އަތުން ކަމެއް ވެދާނެ، އަޅުގަނޑު އަތުންވެސް ކިތަންމެ މޮޅަށް ކުރަން އެނގޭ ކަމަކުންވެސް މިސްޓޭކެއް ހެދިދާނެ" އޭނާ ބުންޏެވެ.

ކުއްޖާގެ ފައި ބިނދިފައިވާކަން އެނގުނީ އެއް ފަޔަށް އިންޖެކްޝަނެއް ޖެހުމަށްފަހު އަނެއް ފަޔަށް ޖަހަންވެގެން އުޅުނު ވަގުތު ކަމަށާއި، އެކަން އެނގިގެން ކީއްވެގެން ދިމާވި ކަމެއްތޯ ސުވާލު ކުރުމުން ފުރަތަމަ ޖަވާބުދީފައިވެސް ނުވާކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

ކުއްޖާގެ ފައިގެ އެކްސް ރޭ

ފަހުން އެކްސް ރޭ ނެގުމަށްފަހު ކުއްޖާ އޮތީ ބޭބީ ނާސަރީގެ އިންޓެންސިވް ކެއަރ ގައި ބާއްވާފައި ކަމަށާއި އެ ކުއްޖާ ދޫކޮށްލާނީ 2 ހަފްތާ ފަހުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗް އިން ބުނެފައިވަނީ އެއީ ހިނގާފައިވާ ކަމެއް ކަމަށާއި އެކަން އައިޖީއެމްއެޗްގެ ފަރާތުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މައްސަލަ ބަލުމަށްފަހު ނޫނީ އެކަން ހިނގަން މެދުވެރިވީ ޑޮކްޓަރުގެ އިހުމާލުން ކަމެއް ނުވަތަ އެނޫން ސަބަބާއިހުރެކަން ބުނަން އުނދަގޫ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
3 މާރޗް 2017 | ހުކުރު 18:23
Ieena
Ma banduga rissathee dhiyaam a kommeves dhivehi foolhumaehh banduga aithh jassaafa bunee thee vihan rissaa rihumehh nuuney kiyaafa ma moyahadhhaafa fonuvaalee... rissaavarun kehh nuvegen adk ahh dhiyaee.. irukolhehh nuvanees vihe ee.