Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 03:49
ސައޫދީ ރަސްގެފާނު ރައީސް ޔާމީނާއެކު: ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މުއްދަތު ވަނީ އިތުރުކޮށްފައި
ސައޫދީ ރަސްގެފާނު ރައީސް ޔާމީނާއެކު: ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މުއްދަތު ވަނީ އިތުރުކޮށްފައި
އަލްއަރަބިއްޔާ
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްގެފާނު ވަޑައިގަންނަވަނީ މިމަހު 19 ގައި
މިމަހުގެ 28 އާ ހަމައަށް ރާއްޖޭގައި މަޑުކުރައްވާނެ
ދަތުރުފުޅަށް ދެ ދުވަސް އިތުރު ކުރެއްވީ ސަރުކާރުން އެދިގެން ރަސްމީ ބައެއް ހިމެނުމަށް

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ރަސްމީ އެއްވެސް ކަމެއް ކުރިން ރޭވިފައި ނުވާ ކަމަށާއި އެދަތުރުފުޅަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަން ރާއްޖެ އެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވަނީ މިސަރަހައްދުގެ ބައެއް ޤައުމުތަކަށް ކުރައްވާ މަހެއްހާ ދުވަހުގެ ދިގު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗުއްޓީ ހޭދަ ކޮށްލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ނަމަވެސް ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ޗުއްޓީއެއް ހޭދަކުރައްވަން ނަމަވެސް ބޭރު ޤައުމެއްގެ ވެރިން ފެންވަރުގެ ބޭފުޅަކު ވަޑައިގަންނަވާނަމަ ފޮރިން މިނިސްޓްރީން ހަމަޖައްސަން ޖެހޭ ޕްރޮޓޮކޯލް ތަކެއް ހުންނާތީ ފޮރިން މިނިސްޓްރީއަށް އެދަތުރުފުޅުގެ މައުލޫމާތު ލިބުނީއެވެ. އެއާއެކު ދިވެހި ސަރުކާރުން ވަރަށްބޮޑަށް އެދުމާއެކު ސައޫދީ ރަސްގެފާނު އެކަމަށްޓަކައި ދެދުވަސް ދިވެހި ސަރުކާރަށް ދެއްވީކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ރާއްޖޭގައި ކުރިން ހޭދަކުރައްވަން ހަމަޖެހިފައިވާ މުއްދަތައް ދެ ދުވަސް އިތުރު ކުރެއްވީ އެސަބަބަށްޓަކައެވެ. އެގޮތުން ޗުއްޓީއަށް މަދުވި ދެދުވަހަށް އިތުރު ދެދުވަސް މިހާރު ވަނީ އިތުރު ކުރައްވާފައެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ކުރިން މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހޭދަކުރެއްވުމަށް ހަމަޖެހިފައިވާއިރު މިހާރު މިމަހުގެ 28 އާ ހަމައަށް ރަސްގެފާނު ރާއްޖޭގައި ހުންނަވާނެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު މާލެއަށް ވަޑައިގަތުމާ ދިމާކޮށް ރަސްމީ ފާލަމުގެ ތެރެއަށް ކާރު ވެއްދޭ ގޮތަށް އެފާލަން ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އެކަން ކުރެއްވި ފަހުން މިހާރު އަންގަވާފައިވަނީ ސައޫދީ ރަސްގެފާނު މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި ކަމަށެވެ. ސައޫދީ ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން މާލެ އަތޮޅުން ފަސްތަރީގެ 3 ރިސޯޓެއް 13 ދުވަހަށް ވަނީ ބުކްކޮށްފައެވެ.

ތިން ރިސޯޓް އެއްކޮށް ބުކް ކުރައްވާފައިވާއިރު، ސައުދީ ރަސްގެފާނު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ދުވަސްކޮޅު އެމަނިކުފާނު ހުންނަވާ ރިސޯޓުގެ އެއްވެސް މުވައްޒަފަކު ރިސޯޓުން ބޭރަށް ދިއުންވެސް މަނަ އެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްގެފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް