Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 03:48
ރައީސް މައުމޫން ޕާޓީގެ އާންމު މެންބަރުންނަށް ބައްދަލު ކުރެއްވުމަށް ޕީޕީއެމް އޮފީހަށް ވަޑައިގަތުން
ރައީސް މައުމޫން ޕާޓީގެ އާންމު މެންބަރުންނަށް ބައްދަލު ކުރެއްވުމަށް ޕީޕީއެމް އޮފީހަށް ވަޑައިގަތުން
މިހާރު
ޕީޕީއެމްގެ ރައްދު
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
ޙައްޤުތައް ނިގުޅައެއް ނުގަނެވޭނެ
ސިޔާސީ މަގުސަދެއް ހޯދުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެފައިވޭ

ޤާނޫނު އަސާސީން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ ކަމަށް ޕީޕީއެމްގެ ރައީސްގެ ފެކްޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ޤާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އެއްވެސް ކަމެއް ނިގުޅައި ގަތުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

"ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލު ކުރުމާއި ދިވެހިންނަށް ލިބިގެންވާ ޙައްޤު ތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް ޤާނޫނު އަސަސީ ގެ 18 ވަނަ މާއްދާއިން ވާޖިބު ކުރާކަމެކެވެ. ދިވެހި ސިފައިންނަށް ޤާނޫނޫ އަސާސީ އިން ވެސް ލިބިދީފައިވާ ހައްޤެއް ނިގުޅައިގަތުމަށް މަސައްކަތް ކުރުމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ލިބިދީފައިވާ މިނިވަންކަން ހަނިކުރުން ކަމުގައި ނޫނީ ނުވާނެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރާއްޖޭގެ ފަޚުރުވެރި ސިފައިންނަކީ ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިވެ ބަސްބުނެ އުޅޭ ބައެއްނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ލިބިދީފައިވާ ޙައްގު ތަކެއް ނިގުޅައި ގަތުމަށް ޕީ.ޕީ.އެމް ގެ ސަރުކާރަކުން މަސައްކަތްކޮށް އަދި އެކަމަކީ ޤައުމީ ކަމެއްކަމަށް ދިވެހިރައްޔިތުންނަށް ދެއްކުމަށް މަސައްކަތް ކުރުމަކީ، "ތަޞައްރަފު ފުދިފައިވާ ބަޔަކު" ސިޔާސީ މަޤުޞަދު ތަކެއް ޙާސިލުކުރުމަށް ކުރާ ސިޔާސީ މަސައްކަތް ތަކެއް ކަމުގައި ދެކޭ ކަމަށެވެ.

"ޤާނޫނު އަސާސީ އަށް އިރުއިރު ކޮޅުން ބޮޑެތި ބަދަލުތައް ގެނެސް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤު ތަކާއި މިނިވަންކަން ނަގާލަން މަސައްކަތް ނުކުރުމަށް ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް