Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 00:12
ސިވިލް ކޯޓް
ސިވިލް ކޯޓް
މުހައްމަދު ޝަރުހާން
މީރާ
ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި
ދެ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރަން ޖެހޭ

މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ، ޕިންހޯލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މީރާއަށް ދައްކަންޖެހޭ 202،571 ރުފިޔާ މިދިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހާ ހަމައަށް ދައްކާފައި ނުވާ ކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަރަމުންދާ ޖޫރިމަނާއާއެކު ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ޕިންހޯލް ޕްރައިވެޓް ލިމިޓެޑަށް އެ ހުކުމްގައި އެކުންފުންޏަށް ވަނީ އަންގާފައެވެ.

މީގެއިތުރުން ޖީއެސްޓީގެ ގޮތުގައި މީރާ އަށް އަށް 622،799 ރުފިޔާ ދައްކަން ޕީއެފްއެސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވެސް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހުކުމްގައި ބުނެފައި ވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނިން ޓެކްސް ދައްކާފައިނުވާކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 622،799 ރުފިޔާ އަރަމުންދާ ޖޫރިމަނާއާ އެކު ދެ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ޕީއެފްއެސް ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފައެވެ.

މި ދެ މައްސަލަ ވެސް ސިވިލް ސިވިލް ކޯޓުން ނިންމާފައި ވަނީ މި ދެ ކުންފުނީގެ ޢައިރު ހާޒިރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް