ކ. މާލެ
|
24 ޖޫން 2019 | ހޯމަ 14:21
މުހައްމަދު ސަލާހް
މުހައްމަދު ސަލާހް
ރޮއިޓަރސް
މުހަންމަދު ސަލާހް
ސަލާހް ބާސާއަށް ބަދަލުވާން ޖެހޭ: އެޓޫ
ސަލާާހް ވަނީ ލިވަރޕޫލްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ

ލިވަރޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހަންމަދު ސަލާހް ބަދަލުވާންޖެހޭ ކްލަބަކީ ސްޕެއިންގެ ބާސެލޯނާ ކަމަށް ބާސާގެ ކުރީގެ ތަރި ސެމިއަލް އެޓޫ ބުނެފިއެވެ.

ރެއާލް މެޑްރިޑަށް ސަލާހް ބަދަލުވާން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މިކަމާ ގުޅޭ ގޮތުން އެޓޫ ބުނީ ސަލާހް ކުޅެން އެންމެ ރަނގަޅު ޓީމަކީ ބާސާ ކަމަށާއި، ބާސާއިން ކުޅޭ ސްޓައިލް އާއި ސަލާހް ކުޅެމުން އަންނަ ސްޓައިލް އެއްގޮތް ކަމަށެވެ.

ބާސާއާ އެކު ކާމިޔާބު ފަސް އަހަރު ހޭދަކޮށްފައިވާ އެޓޫ ބުނީ ރެއާލުން އޭނާ ގަތުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭނާ ބާސާ ހިޔާރު ކުރީ އޭނާއަށް ބާސާ ކުޅޭ ސްޓައިލް އެނގޭތީ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ސަލާހް ހިމެނެން އޭނާ ބޭނުން ކަމަށާއި އެކަން ސަލާހް އަށް ވާނޭ ކަމަށެވެ.

މީގެ ކުރިން ޗެލްސީ އަދި ރޯމާ އަށް ވެސް ކުޅެފައިވާ ސަލާހު ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިހާތަނަށް ވަނީ ކުޅުނު 74 މެޗުގައި 54 ލަނޑު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލްއާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސަލާހް ވަނީ ބަސެލްއާ އެކު ސްވިސް ސުޕާ ލީގް ދެ ފަހަރު އަދި ސްވިސް ކަޕްގެ ދެވަނަ އެއް ފަހަރު ހޯދާފައެވެ.

މިސްރު ގައުމީ ޓީމާ އެކު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ 2017 ވަނަ އަހަރު ހޯދާފައިވާ ސަލާހް ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 64 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް