Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 22:26
ރާއްޖެ ޓީވީގެ ނޫސްވެރިން ފ އަތޮޅަށް ފުރަނީ: އިންޒާރު ދަނީ ކެނޑިނޭޅި ލިބެމުން
ރާއްޖެ ޓީވީގެ ނޫސްވެރިން ފ އަތޮޅަށް ފުރަނީ: އިންޒާރު ދަނީ ކެނޑިނޭޅި ލިބެމުން
ރާއްޖެ އެމްވީ
މީޑިއާ ކައުންސިލްގެ ބަޔާން
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
މީޑިއާ ކައުންސިލުން ބުނީ އެފަދަ ޢަމަލު ތަކަކީ މިނިވަން ނޫސްވެރިކަމަށް ހުރި ހުރަސްތަކެއް ކަމަށް
މިއީ ދިވެހި އިސްލާމީ މުޖުތަމަޢުގައި އެއްވެސް ޙާލެއްގައި ހިނގައިގެން ވާނެ ކަމެއްކަމަށް ޤަބޫލެއް ނުކުރެވޭ

ފ އަތޮޅުގައި ތިބި މޯލްޑިވްސް އިންޑެޕެންޑެންޓްގެ ނޫސްވެރިންނަށާއި ފ އަތޮޅަށް ދިއުމަށް މަސައްކަތް ކުރާ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ބިރު ދައްކާ އިންޒާރުދިން ދިނުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

މީޑިޔާ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފ ނިލަންދޫގައި މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫސްވެރިއަކަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއާމެދު އެކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނަށްވެސް ބުރާސްފަތި ދުވަހު އިންޒާރުތައް ދީފައިވާކަމަށް އެކައުންސިލަށް މައުލޫމާތު ލިބިފައިވާތީ، އެކަމާމެދުވެސް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ އެކަންކަން ހުށަހެޅިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އެކައުންސިލަށް ކަށަވަރުކޮށްދެއްވާފައެވެ.

މީޑިއާ ކައުންސިލުން ބުނީ އެފަދަ ޢަމަލު ތަކަކީ މިނިވަން ނޫސްވެރިކަމަށް ހުރި ހުރަސްތަކެއް ކަމަށާއި އެފަދަ އެއްވެސް ޢަމަލަކީ ދިވެހި އިސްލާމީ މުޖުތަމަޢުގައި އެއްވެސް ޙާލެއްގައި ހިނގައިގެން ވާނެ ކަމެއްކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިލަންދޫއަށް މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިން ގޮސްފައިވަނީ ފ.އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ބިޔަ މަޝްރޫއު" އާއި ގުޅޭގޮތުން އެއަތޮޅު ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ.

ނިލަންދުއަށް މޯލްޑިވްސް އިންޑެޕެންޑެންޓުގެ ފަރާތުން ދަތުރުކުރި ހަސަން މުހައްމަދާއި ހަސަން މޫސާއަށް އެރަށުގެ ރައްޔިތުންގެ ފަރާތުން ކަޅުތެޔޮ ޖަހާނެ ކަމަށާއި ރަށުން ފޭބުމަށް އިންޒާރުގެ ބަސްތައް އަމާޒުވެފައިވެއެވެ. ދެނޫސްވެރިން އެރަށުގައި ތިބި ގެކައިރިއަށްވެސް ބަޔަކު އެއްވެ އަޑުގަދަކުރުމުން ފުލުހުންގެ ހިމާޔަތް ނޫސްވެރިން ވަނީ ހޯދާފައެވެ.

މީގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިންނަށްވެސް އިންޒާރުގެ މެސެޖްތައް ވަނީ ފ.އަތޮޅަށް ދަތުރުކުރުމަށް ރޭވުމާއި ގުޅިގެން ލިބިފައެވެ.އެގޮތުން ތަފާތު އެކި ނަމްބަރު ތަކުން ގުޅާ ކެނޑިނޭޅީ ވަނީ ރާއްޖެ ޓީވީއަށް އިންޒާރު ދީފައެވެ. އެ މައްސަލަ ރާއްޖެ ޓީވީން ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. އަދި އިންޒާރުދިން ނަމަވެސް ރާއްޖެ ޓީވީގެ ނޫސްވެރިން ވަނީ އެ އަތޮޅަށް ދިއުމަށް ރޭވި ދަތުރާއި އެއްގޮތަށް ފ.އަތޮޅަށް ފުރާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް