Advertisement
ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 23:22
ގއ. އޮޑެގައްލާ
ގއ. އޮޑެގައްލާ
ރާއްޖެއެމްވީ
އޮޑެގައްލާ
ރައްޔިތުންގެ އަޑު އެއްސެވީތީ ސަރުކާރަށް ޝުކުރު ދަންނަވަން: ގއ. އަތޮޅު ކައުންސިލް
ގއ. އަތޮޅަކީ ގުދުރަތީ ރީތިކަން ލިބިގެންވާ އަތޮޅެއް
ރައްޔިތުންގެ ދިރިއުޅުން ބިނާވެގެންވަނީ މަސްވެރިކަމުގެ މައްޗަށް
އޮޑެގައްލާގައި ރިސޯޓް ތަރައްގީ ނުކުރަން އީޕީއޭއިން ނިންމި

ގއ. އަތޮޅުގެ ރައްޔިތުންގެ އަޑު އައްސަވައި އެ އަތޮޅު އޮޑެގައްލާގައި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމި ނިންމުމަށް އެ އަތޮޅު ކައުންސިލުން ޝުކުރު ދަންނަވައިފިއެވެ.

ގއ. އަތޮޅު ކައުންސިލުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގުދުރަތީ ރީތިކަން ލިބިގެންވާ ގއ. އަތޮޅު ރައްޔިތުންގެ ދިރިއުޅުން ބިނާވެގެންވަނީ މަސްވެރިކަމުގެ މައްޗަށް ކަމަށާއި އަދި އެ އަތޮޅުގެ މަސްވެރިކަން ކުރިއެރުވުމަށް ރައްޔިތުންނާއި ސަރުކާރުން އެތަކެއް ބިލިއަން ރުފިޔާގެ އިންވެސްޓެއް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މަސްވެރިކަމަށް ލިބޭ ކޮންމެ ގެއްލުމަކީ އަތޮޅުގެ ރައްޔިތުންނަށާއި ދައުލަތަށްވެސް ލިބޭނެ ގެއްލުމެއް ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އޮޑެގައްލާގައި ބިން ހިއްކައިގެން ރިސޯޓް ތަރައްގީ ކުރުމަކީ އެ ސަރަހައްދުގެ ތިމާވެއްޓަށާއި، މަސްވެރިކަމަށް ގެއްލުންހުރި، އަދި އެއަތޮޅުގެ ރައްޔިތުންގެ މެދުގައި އިޖުތިމާޢީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށްވެސް ބަޔާނުގައި އިތުރަށް ފާހަނގަކޮށްފައި ވެއެވެ.

Advertisement

އެހެންކަމުން ރައްޔިތުންގެ އުފުލަމުންދިއަ އަޑު އައްސަވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ނިންމެވި ނިންމުމަށް ޝުކުރު ދަންނަވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އޮޑެގައްލާގައި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުން ރަނގަޅުނޫންކަމަށް ބުނެ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިޢަދުވަނީ އިޕީއޭ އެނަލިސިސްގެ ހޯދުންތައް ހާމަކޮށް ބަޔާނެއް ނެރެފައެވެ.

އޮޑެގައްލާގައި ރިސޯޓް ތަރައްގީ ކުރަން ހުށަހެޅި ޕްރޮޕޯޝަލް ގަބޫލު ނުކުރަން އީޕީއޭއިން ނިންމިއިރު، އޮޑެގައްލާގެ ލީސް އެއްބަސްވުން ބާތިލުކުރަން ސަރުކަރުން ނިންމާ އޮޑެގައްލާ ރިސޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ މުހައްމަދު އަލީ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އަށް އެރަގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އަންގާފައި ވާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް