Advertisement
ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 23:09
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ އަތޮޅު ގުރައިދޫ ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ އަތޮޅު ގުރައިދޫ ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ގުރައިދޫ ކައުންސިލަރުން
ރައީސް ގުރައިދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި
ގުރައިދޫ ރައްޔިތުން ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ހިއްސާކުރި
ރަށުގެ ނަރުދަމާ ނިޒާމުގެ މަރާމާތުގެ މަސައްކަތާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި
އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ އަތޮޅު ގުރައިދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުރައިދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

Advertisement

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ގުރައިދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ނަރުދަމާ ނިޒާމުގެ މަރާމާތުގެ މަސައްކަތާއި، ބިން ހިއްކުމާއި، ފެންޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި، ސްކޫލުގެ އިމާރާތުގެ ދަތިކަމާއި ބަނދަރުގެ މައްސަލަ ހިމެނެއެވެ.

މި ބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ގުރައިދޫ ކައުންސިލަރުން އެދިވަޑައިގެންފައިވާ ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަން ކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް