Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 20:04
ރާއްޖެޓީވީގެ ނޫސްވެރިންގެ ޓީމު ފ.އަތޮޅަށް ބުރާސްފަތި ދުވަހު ފުރަނީ
ރާއްޖެޓީވީގެ ނޫސްވެރިންގެ ޓީމު ފ.އަތޮޅަށް ބުރާސްފަތި ދުވަހު ފުރަނީ
ރާއްޖެ އެމްވީ
ނޫސްވެރިންނަށް ބިރުދެއްކުން
ނޫސްވެރިންނަށް ބިރު ދެއްކުމުގައި އުޅުނީ ޕީ.ޕީ.އެމްގެ އެމް.ޕީ ޚަލީލުގެ ޅިޔަނު
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނޫސްވެރިންގެ އަތުން ފޯނު އަތުލި
ފުލުހުން ނޫސްވެރިންގެ އަތުގައި ހުރި ފޮޓޯތަކާއި ލިޔުންތައް ޗެކްކުރި
އައިސްގެން އުޅެނީ މުޒާހަރާ ކަވަރު ކުރަންތޯ އެކުގައި ބޭރު މީހަކު އައިތޯ ސުވާލު ކުރި

ފ. އަތޮޅުގައި ހިނގަމުންދާ ކަންކަން ކަވަރު ކުރުމަށް އެ އަތޮޅަށް ދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންނަށް ބިރު ދެއްކީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލުގެ ޅިޔަނު، އަބްދުލް ވާހިދު އަބްދުލް އަޒީޒް ކަމަށް އެ ނޫހުން ހާމަކޮށްފިއެވެ

މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންނަށް ބިރު ދެއްކި ހާދިސާއާ ގުޅޭ ގޮތުން އެ ނޫހުން ބުރާސްފަތި ދުވަހު އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އަބްދުލް ވާހިދު އަބްދުލް އަޒީޒު ބުދަ ދުވަހުގެ ރޭ 10:30 ހާއިރު ނޫސްވެރިޔާ ހަސަން މުހައްމަދުއާ ނިލަންދޫ މަގުމަތިން ދިމާކޮށް، އަނިޔާ ކުރާނެ ކަމަށާއި ކެމެރާ ފުނޑާލާނެ ކަމަށާއި ތިޔައީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޕަޕެޓެއް ކަމަށް ބުނެ އިންޒާރު ދިން ކަމަށެވެ.

އަދި އޭގެ ފަހުން ވާހިދު އާއި އޭނާ އާ އެކު އައި ގުރޫޕަކުން ނޫސްވެރިން ތިބޭ ގޭ ދޮށަށް އައިސް އެތަނުން އެކަކު ގޭ ތެރެއަށް ވަދެ ނޫސްވެރިން ތިބި އެޕާޓްމަންޓްގެ ދޮރުގައި ތަޅާފައިވާ ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރީ އަތޮޅު ކައުންސިލެއްގެ މެމްބަރެއް ކަމަށާއި، އެ ހިސާބުން ފުލުހުން އައިސް އެ ދެ ނޫސްވެރިން ތިބޭ ތަނުން ނެރެގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށް ނޫސް ބަޔާނުގައި ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނޫސްވެރިންނާ ފުލުހުން ސުވާލު ކުރިކަމަށާއި، އޭގެ ތެރޭގައި ނޫސްވެރިން އައިސް އުޅެނީ ހުކުރު ދުވަހު އޮންނަ މުޒާހަރާ ކަވަރު ކުރުމައްތޯ ސުވާލު ކުރި ކަމަށެވެ. އަދި އެމީހުންނާއެކު އެއްވެސް ބޭރު މީހަކު ރަށަށް އައިސް އުޅޭތޯވެސް ސުވާލު ކުރިކަމަށް ނޫސްވެރިންނާ ހަވާލާދީ މޯލްޑިވްސް އިންޑިޕެންޑެންޓުން ނެރުނު ބަޔާނުގައި ވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ނޫސްވެރިން ތިބި އިރު އެމީހުން ތިބީ ހައްޔަރު ކޮށްފައި ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް ނޫސްވެރިންގެ ފޯނު އަތުލި ކަމަށާއި، ނޫސްވެރިންނާ ގުޅޭނެ އެއްވެސް މަގެއް ތަނަވެސްވެފައި ނެތް ކަމަށްވެސް މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ބުދަ ދުވަހުގެ ރޭ ގެންދިޔަ ނޫސްވެރިން ދޫކޮށްލީ އެމީހުން އަތުގައިވާ ލިޔުން ތަކާއި، ފޮޓޯތައް ބެލުމަށްފަހުގައި ކަމަށް ވެސް ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ނޫސްވެރިންނަށް ބިރު ދައްކާ އިންޒާރު ދިން މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށް ސުވާލު ކުރިކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންނަށް ބިރު ދައްކާފައިވާއިރު، ރާއްޖެޓީވީގެ ނޫސްވެރިންނަށް ވެސް ބަޔަކު ގުޅާ ފ. އަތޮޅަށް ނޭރުމަށާއި އަރައިފިއްޔާ މަރާލާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ. މަރުގެ އިންޒާރު ދިން ނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިންގެ ޓީމު ވަނީ ފ. އަތޮޅަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
2 މާރޗް 2017 | ބުރާސްފަތި 18:06
އުދާސް
މި خليل އަކީ،މެމްބަރަކަށް ވުމުގެ ކުރީ ފަާހަގަ ކޮށްލެވޭ ރަގަޅު މީހެއް އޭގެ ފަހުން ޕީ އެޗް ޑީ ހަދައި މެމްބަރަކަށް ވުމުން ދަޅު ހުރިތޯ ޗެކް ކޮށެއް ނުލެވެއެވެ.