Advertisement
ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 17:46
ރިތިކް ރޯޝަން ދައްތަ ސުނައިނާއާ އެކު
ރިތިކް ރޯޝަން ދައްތަ ސުނައިނާއާ އެކު
އެންޑީޓީވީ
ސުނައިނާ ރޯޝަން
މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
ރައްޓެހިވެގެން އުޅެނީ މުސްލިމް ނޫސްވެރިޔަކާ
ކޮއްކޮ ރިތިކްގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރޭ

އާއިލާގެ ފަރާތުން އަނިޔާތަކެއް ލިބެމުންދާ ކަމަށް ފުރަތަމަ ފަހަރަށް ރިތިކް ރޯޝަންގެ ދައްތަ ސުނެއިނާ މީޑިއާގައި ހާމަކޮށްފިއެވެ.

ސުނައިނާ ބުނީ، އޭނާ ލޯބީގެ ގޮތުން މުސްލިމް ފިރިހެނަކާއި ގުޅިގެން އުޅޭކަން އާއިލާއަށް އެނގުމުން ބައްޕަ ރާކޭޝް ރޯޝަންގެ އިތުރުން ކޮއްކޮ ރިތިކްގެ ފަރާތުން ޖިސްމާނީ ގޮތުން އަނިޔާ ލިބެމުންދާ ކަމަށެވެ.

މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުން ސުނައިނާ ރައްޓެހިވެގެން އުޅެނީ ނޫސްވެރިއަކާއެވެ. އޭނާ އެ ނޫސްވެރިޔާއާ ދިމާވީ ފޭސްބުކްއިންނެވެ.

އޭނާގެ ނަންބަރު ސޭވް ނުކޮށް ހުރީ އާއިލާ މީހުންނަށް އެކަން ސިއްރުކުރަން ކަމަށާއި، ބައްޕަ ރޯޝަން އަށް އެކަން ފަޅާއެރުމުން އޭނާގެ ކޯތާފަތުގައި އެތިފަހަރެއް ޖެހި ކަމަށާއި އެ ނޫސްވެރިޔާ އަކީ ޓެރަރިސްޓެއް ކަމަށް ބުނެ އާއިލާ އެންމެންގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބެމުންދާ ކަމަށް ސުނައިނާ ވަނީ މީޑިއާގައި ބުނެފައެވެ.

Advertisement

ބޭނުން ކޮންމެ އިރެއްގައި އޭނާ އަށް އެޕާޓްމެންޓެއް ހޯދައިދޭނެ ކަމަށް ނިމިގެން ދިޔަ އަހަރު ކޮއްކޮ ރިތިކް ބުނި ކަމަށާއި، އެކަން ވެސް ކޮށްދީފައިވާ ނުވާ ކަމަށް އޭނާ ބުންޏެވެ.

އަދި ލޯކަންޑްވާލައިން އެޕާޓްމެންޓެއް ހޯދުމުން އެ އެޕާޓްމެންޓް މާ އަގުބޮޑު ކަމަށް ބުނެ އެކަން ކޮށްދީފައިނުވާ ކަމަށް ސުނައިނާ ތުހުމަތު ކުރެއެވެ.

ދެ ލައްކައިގެ އެޕާޓްމެންޓް އޭނާ އަށް އަގުބޮޑުވީ؟ އަހަރެންނަށް ހީއެއް ނުވޭ. އޭނާ (ރިތިކް) ކުރި ވައުދާއި ހިލާފުވީ
ސުނައިނާ ރޯޝަން ~ ރިތިކްގެ ދައްތަ ~

ސުނައިނާގެ ވާހަކަތަކަށް އާއިލާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އެކަމާއި ކޮމެންޓު ކުރަން ރިތިކް ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާ ތަކުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 ޖޫން 2019 | ހޯމަ 05:02
ޙައްދު
މަށައްވެސް ވީ ތިކަހަލަ ގޮއްޔެ އެއް. ހަދާނީ ހުސް ދޮގު! ?
23 ޖޫން 2019 | އާދީއްތަ 07:27
ހަމަ
އަނިޔާލިބުނު ރިތިކުގެ ދައްތަ. އަނިކުރީ ރިތިކުގެ އާއިލާއިން.