ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 19:32
އެޓާނީ ޖެނެރަލް ޖެފް ސެޝަންސް
އެޓާނީ ޖެނެރަލް ޖެފް ސެޝަންސް
ދަ އިންޓަރސެޕްޓް
ޖެފް ސެޝަންސް
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
ވައިޓް ހައުސް އިން ވަނީ ޓްރަމްޕްގެ ކެމްޕެއިންގައި އެއްވެސް ނަހަމަ ކަންކަމެއް ނުހިނގާ ކަމަށް ބުނެފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކޭމްޕޭންގައި މިހާރުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް، ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ކަށަވަރުކޮށް ދީފިއެވެ.

ސެނެޓާ އެއްގެ ގޮތުގައި ކުރިން ހުންނެވި ޖެފް ސެޝަންސް މިދިޔަ ޖެނުއަރީ ގައި އޮތް ސެނެޓުގެ "ކޮންފަމޭޝަން ހިއަރިން" ގައި ރަޝިއާގެ އެމްބެސެޑަރާ އެއްވެސް ގުޅުމެއް އޮތްކަން ހާމަކޮށްފައި ނުވެއެވެ. ބުދަދުވަހު ސެޝަންސް ވިދާޅުވީ އޭނާ "އެއްވެސް ރަޝިއާގެ އޮފިޝަލަކާ ކޭމްޕޭނާ ގުޅޭ ކަމެއްގައިި ބައްދަލުކޮށްފައި ނުވާކަމަށެވެ."

ޝެޝަންސް އާއި ބެހޭގޮތުން ޑިމޮކްރެޓިކް ހައުސް މައިނޯރިޓީ ލީޑަރު ވިދާޅުވީ "ހުވާގެ މަތީގައި ހުންނަވާ އިތުރުފުޅު" ހެއްދެވީ ކަމަށެވެ. އަދި އެހެން ބައެއް ޑިމޮކްރޭޓުން ވިދާޅުވީ، ރަޝިއާގެ ނުފޫޒު އެމެރިކާގެ އިންތިޚާބަށް ފޯރާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް އެފްބީއައި އިން ފަށާފައިވާ މައްސަލާގައި ސެޝަންސް ދުރަށް ޖެހިވަޑައިގަތުމަށެވެ.

އެފްބީއައި އިން ބަލަމުންދާ މައްސަލަ އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން އޯވާސީ ކުރައްވަނީ ޖެފް ސެޝަންސްއެވެ.

އެޓާނީ ޖެނެރަލް ޖެފް ސެޝަންސް، ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވާ ކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ. ވައިޓް ހައުސް އިން ވަނީ ޓްރަމްޕްގެ ކެމްޕެއިންގައި އެއްވެސް ނަހަމަ ކަންކަމެއް ނުހިނގާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް