Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 19:17
ރާއްޖެޓީވީ ސީއޯއޯ ފިޔާޒް
ރާއްޖެޓީވީ ސީއޯއޯ ފިޔާޒް
ރާއްޖެ އެމްވީ
ރާއްޖެޓީވީއަށް ބިރު ދެއްކުން
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ބުރާސްފަތި ދުވަހު އެތައް ފަހަރެއްގެ މަތިން ރާއްޖެޓީވީއަށް ވަނީ އިންޒާރު ދީފަ
އަތޮޅަށް އަރައިފިއްޔާ ފުނޑާލާނެ ކަމަށް ގުޅި މީހަކު ބުނި
ބިރު ދެއްކި ނަމަވެސް ރާއްޖެޓީވީގެ ޓީމު ވަނީ އަތޮޅުގައި ހިނގާ ކަންކަން ކަވަރު ކުރަން ފ. އަށް ގޮސްފައި

ރާއްޖެޓީވީގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދީ، ރާއްޖޭޓީވީ އަށް ބިރު ދައްކަމުންދާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ، ބުރާސްފަތި ދުވަހު ހެނދުނު 10.30 ހާ އިރު އެކި ތަފާތު ނަންބަރުތަކުން ގުޅާ އިންޒާރުދެމުންދާ ކަމަށާއި އިންޒާރުދީފައިވަނީ ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ބުނެ އެވެ. މިހެން ބުނެ އެއަތޮޅުގެ އެކި ރަށްރަށުން ކަމަށް ބުނެ އެކި ނަންބަރުތަކުން ރާއްޖެޓީވީ އަށް ގުޅާ އިންޒާރު ދެމުންގެންދާ ކަމަށް ފިޔާޒް ވިދާޅުވި އެވެ. ފިޔާޒް ވިދާޅުވީ، ފ އަތޮޅުގައި ހިނގަމުންދާ ކަންކަން ކަވަރ ކުރުމަށް ރާއްޓީވީގެ ޓީމެއް ފ އަތޮޅަށް ފުރާފައިވާ ކަމަށާއި އެކަން ކޮންމެސް ގޮތަކަށް އެގިގެން ބަޔަކު އެކަން ހުއްޓުވުމުގެ ގޮތުން އިންޒާރުދެމުންގެންދާ ކަމަށެވެ.

"މިއީ ރާއްޖެޓީވީ އަށް އާ ކަމެއް ނޫން.. މިފަދަ އެތަށް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފަ އޮތީ. އަޅުގަނޑު ހަމަ ގޮވާލަން ސީރިއަސް މައްސަލައެއްގެ ގޮތުގާ ބެލުމަށް." ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ  ރާއްޖެޓީވީގެ ނޫސްވެރިންނަށާއި ރާއްޖެޓީވީ އަށް ތަފާތު އެތަށް އިންޒާރުތަކެއްދީ އެތަށް ހަމަލާތަކެއްދީފައިވާ އިރު،އެ މައްސަލަތައްވެސް ކަމާ ގުޅޭ އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތުގާ ބަލަމުން ނުދާ ކަމަށެވެ. މިހެން ކަން ހިނގި ނަމަވެސް ރާއްޖެޓީވީގެ ނޫސްވެރިން ކުރާ ނޫސްވެރިކަމުގެ މަސައްކަތައް ހުއްޓުމަކަށް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޒާރު ދިނުމަށް ގުޅާ ފަރާތްތަކުން ވަނީ ފ.އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅަށް އަރައިގެން ނުވާނެ ކަމަށާއި ރާއްޖޭޓީވީގެ ބަޔަކު އަރައިފިނަމަ ފުނޑާލާނެ ކަމަށެވެ.

ވަރަށް ހަޑި ހުތުރުބަހުން މުޢާމަލާތް ކުރަމުން އިންޒާރުދިނުމަށް ގުޅި އެއް ފަރާތުން ވަނީ "އަތު ޖެހިއްޖެއްޔާ މަރާލާނަން" ކަމަށް ބުނެފައެވެ.

ރާއްޖެޓީވީއަށް އިންޒާރު ދީފައިވާ އިރު މިހާރު އެ އަތޮޅުގައި ތިބި މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިންނަށްވެސް ރޭގެ ވަގުތެއްގައިވަނީ ބިރު ދައްކާފައެވެ. އެކަމުގެ ސަބަބުން ރޭ މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް