Advertisement
ކ. މާލެ
|
21 ޖޫން 2019 | ހުކުރު 00:13
މާފުށި ޖަލު
މާފުށި ޖަލު
ޓްވިޓަރ
ކަރެކްޝަން
މާފުށި ޖަލުގައި ގައިދީއަކު އޮފިސަރަކަށް ހަމަލާދީފި
މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައި
އެޗްއާރްސީއެމުން ދަނީ ތަހުގީގު ކުރަމުން

ކ.މާފުށި ޖަލުގައި ގައިދީއަކު އޮފިސަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ކަރެކްޝަނުން ބުނީ މާފުށި ޖަލުގައި ބުރާސްފަތި ދުވަހު ގައިދީއަކު އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އެ އޮފިސަރ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޮފިސަރަށް ލިބުނީ ކިހައިވަރެއް އަނިޔާއެއް ކަމެއްއަދި ސާފެއްނުވެއެވެ.

Advertisement

ކަރެކްޝަނުން ބުނީ ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ ޖަލުގެ ހާލަތު އާންމު ހާލަތަކަށްގެނެވިފައިވާ ކަމަށެވެ.

މިހާދިސާއާ ގުޅިގެން އެޗްއާރުސީއެމުން ބުނީ މާފުށީ ޖަލުގެ ހަމަނުޖެހުން އެ ކޮމިޝަނުން ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް