Advertisement
ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 18:15
ނައިބް ރައީސް ފައިސަލް ނަސީމް މޮޅަދޫގައި
ނައިބް ރައީސް ފައިސަލް ނަސީމް މޮޅަދޫގައި
ރައީސް އޮފީސް
ނައިބުރައީސްގެ ތިލަދުންމަތީ އުތުރުބުރީގެ ދަތުރުފުޅ
ނައިބު ރައީސް މޮޅަދޫއަށް ވަޑައިގެންފި
މޮޅަދޫގެ އިޖްތިމާއީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ނައިބް ރައީސް ވިދާޅުވި
މޮޅަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައި

ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ މޮޅަދޫއަށް ވަޑައިގަންފިއެވެ.

ނައިބް ރައީސް މޮޅަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މޮޅަދޫގެ އިޖްތިމާއީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރަށުގެ ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކުރުމުގައި ކައުންސިލްގެ މަޝްވަރާއާއިއެކު މަސައްކަތްކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި މޮޅަދޫގެ ސުކޫލަށާއި، ޞިއްޙީ މަރުކަޒުގެ އިތުރުން އިންޖީނުގެއަށް ޒިޔާރަތްކުރައްވާ އެ މުއައްސަސާތަކުގެ މުއައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތުވަނީ ބައްލަވައިލައްވައިފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި މޮޅަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް