Advertisement
ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 15:29
ފެމެލީ ކޯޓް
ފެމެލީ ކޯޓް
މިހާރު
އަލީ ސައީދު ވަޒީފާއިން ވަކިކުރުން
އެސިސްޓެންޓް ލީގަލް އޮފިސަރު ވަޒީފާއިން ވަކިކުރީ ޖިންސީ ފުރައްސާރަކޮށްގެން: ފެމިލީ ކޯޓް
އަލީ ސައީދު ވަޒީފާއިން ވަކި ކޮށްފައިވަނީ ޖިންސީ ފުރައްސާރަކުރި މައްސަލަ އޭނާ އަށް ސާބިތުވެގެން
މައްސަލަ ސައީދުގެ މައްޗަށް ސާބިތުވާ ކަމަށް ޑީޖޭއޭއިން ނިންމާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު
ޖިންސީ ގޯނާ ކުރި ބުނާ މައްސަލައެއް،ބަލައި ދިނުމަށް ޑީޖޭއޭއަށް ހުށަހަޅާފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހު

ފެމެލީ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު އަލީ ސައީދު ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ނޫން ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފެމިލީ ކޯޓްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އޭނާ އަށް ސާބިތުވެގެން ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފެމެލީ ކޯޓްގެ އެސިސްޓެންޓް ލީގަލް އޮފިސަރ އަލީ ސައީދު ވަޒީފާއިން ވަކިކޮށްފައިވަނީ، އެ ކޯޓްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޑީޖޭއޭއިން ތަހްގީގް ކުރުމަށްފަހު،އެ މައްސަލަ އޭނާ އަށް ސާބިތުވާ ކަމަށް ނިންމާފައިވާތީ ކަމަށެވެ.

Advertisement

ޖިންސީ ފުރައްސާރައިގެ މައްސަލަ ސައީދުގެ މައްޗަށް ސާބިތުވާ ކަމަށް ޑީޖޭއޭއިން ނިންމާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ފެމިލީ ކޯޓްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފެމެލީ ކޯޓްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ބުނާ މައްސަލައެއް،ބަލައި ދިނުމަށް ޑީޖޭއޭއަށް ހުށަހަޅާފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް