ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 18:18
ސައުތު އޭސިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2017
ސައުތު އޭސިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2017
ގޫގުލް
ސަޓާ 2019
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2019 އަށް ނޮމިނޭޓް ވެފައިވާ ފަރާތްތަށް އިވެލުއޭޝަން ފެށިއްޖެ
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 500 އަށް ވުރެ ގިނަ ފަރާތްތަށް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފައި
ސައުތު އޭސިއަން ޓްރެވަލް އެވޯޑްސް 2019 ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމުހުގެ ތެރޭގަ

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2019 އަށް ނޮމިނޭޓް ވެފައިވާ ފަރާތްތަށް އިވެލުއޭޓް ކުރުމުގެ ސެސަޝަންތަށް ދިވެހިރާއްޖެ އަދި ސްރީލަންކާގައި ފަށައިފިއެވެ.

ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ސްރީލަންކާގެ ފަރާތުން އަމާލް ގޫންޓިލެކް، އިންޑިޔާގެ ފަރާތުން މަޑަން، ބޫޓާންގެ ފަރާތުން ސަންގީތާ ރަނާ އަދި ދިވެހިރާއްޖޭގެ ފަރާތުން އަބްދުﷲ ސުއޫދުއެވެ. ދިވެހިރާއްޖޭގެ ފަރާތުނެ ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަންތަށް ކުރިޔަށް ގެންގޮސްފައިވަނީ މޫކައި ހޮޓެލްގައެވެ. އަދި ސްރީލަންކާގެ ފަރާތުން ބައިވެރިވެފައިވާ ފަރާތްތަކުގެ އިވަލުއޭޝަންތަށް ކުރިޔަށް ގެންގޮސްފައިވަނީ ރަމަޑަ ކޮލޮންބޯގައެވެ.

ސައުތު އިންޑިޔާގެ އިވަލުޝަން ތަށް ކުރިޔަށް ގެންގޮސްފައިވަނީ ދަ ޗަންސަރީ ޕެވިލިއޮންގައެވެ. އަދި ޖޫން 24 ވަނަ ދުވަހު ދަ ގްރޭންޑް ނިއުދިއްލީގައި ސައުތު އިންޑިޔާއިން ބައިވެރިވެފަވާ ފަރާތްތަކުގެ އިވަލުއޭޝަން ތަށް ކުރިޔަށް ދާނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 500 އަށް ވުރެ ގިނަ ފަރާތްތަށް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފައެވެ. ނޮމިނޭޓް ވެފައިވާ ފަރާތްތަކަށް އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ސައުތު އޭސިއަން ޓްރެވަލް އެވޯޑްސް 2019 ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމުހުގެ ތެރޭގައެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

- ކޮމެންޓް