Advertisement
ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 10:33
ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ބެންޗު
ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ބެންޗު
ޝުއައިބް މުހައްމަދު އިގްބާލް
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ
ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ބެންޗުގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް!
މުހައްމަދު ސަލީމާއި، އާދަމް ޝަމީމްއާއި، އާދަމް އާސިފް ވެސް ބައިވެރިވެ ވަޑައިގަންނަވާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު އާއްމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށްދާއިރު، ދީދީގެ ވަކީލުންގެ ބެންޗުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ޖޭއެސްސީ އިން ބަލަމުންދާ ދިދީގެ ސުލޫކީ ދެ މައްސަލައިގެ ތަހުގީގު ބުރާސްފަތި ދުވަހުގެ ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި ކިލޭގެފާނު މާލަމުގައި ފަށާފައިވާއިރު، ޑރ. ޖަމީލްގެ އިތުރުން ދީދީގެ ފަރާތުން ވަކީލުންގެ ގޮތުން މުހައްމަދު ސަލީމާއި، އާދަމް ޝަމީމް އާއި، އާދަމް އާސިފް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު މި ބައްދަލުވުމުގައި ބައިވެރިވަޑައި ނުގަންނަވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ފަނޑިޔާރު އަބްދުﷲ ދީދީގެ ދިފާއުގައި ޑރ. ޖަމީލް ބައިވެރިވެވަޑައިގަންނަވާ އިރު އެމަނިކުފާނަކީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.

ފަނޑިޔާރު ދީދީގެ ތަހުގީގު އާއްމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޭނާގެ އެދުމުގެ މަތިންނެވެ. ޖޭއެސްސީން ތަހުގީގު ކުރަމުންދާ ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ވެސް އެދިވަޑައިގެންފައި ވަނީ އޭނާގެ ޝަރީޔަތް ވެސް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށެވެ.

ބުރާސްފަތި ދުވަހު ހެނދުނު 08:30 ފެށިގެން ޖޭއެސްސީގެ މުވައްޒަފުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާއިރު، ތަހުގީގެއްގައި ހިފަހައްޓަން ޖެހޭ އުސޫލުތަކާއި ހަމަތަކެއް ހިފަހައްޓަމުން ގެންދާނެ ކަމަށާއި، ތަހުގީގު ކުރިޔަށްދާއިރު ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް