Advertisement
ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 10:10
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)
ތަހާރަތު މުހައްމަދު ވަހީދު
ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރަން ޖެހޭ
ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ކޮންޓްރޯލް ވާން ޖެހޭ: ހަނަފީ
ބިދޭސީންގެ ކަންކަން ހައްލު ކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި
ބިދޭސީންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ކޮންޓްރޯލް ވާން ޖެހޭ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

Advertisement

ހަނަފީ މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި އެއްޗަކާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު ގިނަވުމުގެ މައްސަލަ ހައްލު ކުރެވޭނީ ގައުމީ ނިސްބަތުން ވޯކް ވިސާ ދޭނެ އަދަދު ކަނޑައަޅައިގެން ކަމަށެވެ.

އެގޮތުން، އިމިގްރޭޝަނުން ދަނީ ބިދޭސީންގެ ކަންކަން ހައްލު ކުރުމަށް ހުރި ގިނަ ގޮންޖެހުންތަކާ އެކު ވެސް އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ކަމަށް ހަނަފީގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ސީޕީ ވިދާޅުވެފައި ވަނީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެ މީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށެވެ.

ރާއްޖޭގައި 1،44,607 ބިދޭސީން އުޅެއެވެ. އޭގެތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ 63،000 ބިދޭސީން ރާއްޖޭގައި މިވަގުތު ތިބި ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ޖޫން 2019 | ބުރާސްފަތި 14:07
ހަބީބު.
އޮޕަރޭޝަނައް އައިސްފަވާ ރިސޯޓު ތަކުގެ ކުދިމަރާމާތު ތަކައް ބިދޭސީން ގެންގުޅުން މަނާކޮއްދެއްވާ ފުރާޅުގަ ފަންލުން ޖެޓީމަރާމާތު ކޮއްލުން ވަޑާންކުރުން ފަދަ ކަންކަމައް އެއަތޮޅަކުން ދިވެހިން ލިބޭނެ އެފުރުސަތު ދިވެހިންނައް ފަހިވާނީ މިކަމައް ގާނޫނަކުން ބާރުދީގެން