Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 19:28
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ
ރާއްޖެއެމްވީ
ފެމިލީ ކޯޓު
ގާޒީ ހުޒައިފާގެ މައްސަލަ ޖޭއެސްސީއަށް ހުށައެޅި މުވައްޒަފު ވަޒީފާއިން ވަކިކޮށްފި
ވަކިކުރީ ފޯނުގެ ޒަރިއްޔާއިން، ޗިޓު ދީފައެއް ނުވޭ
މުވައްޒަފު ހުރީ ވަޒީފާއިން ވަކިކުރެވުނު އިރު ޗުއްޓީގައި
ޒާތީ މައްސަލަތަކެއްގައި ކަމަށް ބެލެވޭކަމަށް މުވައްޒަފު ތުހުމަތުކޮށްފައިވޭ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައެޅި މުވައްޒަފު ވަޒީފައިން ވަކިކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ މައްސަލަ ހުށައެޅި އަލީ ސައީދު ބުނީ، ބުދަ ދުވަހުގެ މެންދުރުފަހު 3:15 ހާއިރު ކޯޓުގެ އެޑްމިނިސްޓްރޭޓަރ، އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ފޯނު ކޯލަކުން އަންގާފައިވާ ކަމަށެވެ.

Advertisement

ވަޒީފާއިން ވަކިކުރެވުނު ސަބަބު އެހުމުން އެ ސުވާލަށް ޖަވާބު ދެއްވާފައި ނުވާކަމަށް ވެސް އަލީ ބުންޏެވެ. އަދި އޭނާއަށް ޗިޓު ލިބިފައި ނުވާއިރު، ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމުގައިވާ ތޮއްޔިބު ޝަހީމް އެ ޗިޓު ޓްވީޓްކޮށްފައި އޮތުމުން އެކަމާ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ތޮއްޔިބު ކުރި ޓްވީޓުގައި ހިމަނާފައިވާ ޗިޓުގައި ފެންނަން އޮތް މައުލޫމާތަށް ބަލާއިރު އަލީ ވަޒީފާއިން ވަކި ކޮށްފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 213 ވަނަ މާއްދާގެ 5 ވަނަ ނަމްބަރަށް ރިއާޔަތްކޮށް، އެ ގަވައިދުގެ 93 ވަނަ މާއްދާގެ ދަށުންނެވެ. ޓްވީޓުގައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި އަލީ ސައީދު ވަކިކޮށްފައިވާ ކަމަށެވެ.

އަލީ އިތުރަށް ބުނީ ކޯޓުގައި މަސައްކަތްކުރާތާ ހަ އަހަރުވެފައިވާ އިރު، އޭނާއާ ގުޅޭ އެއްވެސް ސުލޫކީ މައްސަލައެއް މިހާތަނަށް ބެލިފައިނުވާ ކަމަށާއި، ވަޒީފާއިން ވަކި ކުރުމުން ހައިރާންވެއްޖެ ކަމަށެވެ. އޭނާ ބުނީ ބޮޑަށް ބެލެވެނީ ވަޒީފާއިން ވަކިކޮށްފައިވަނީ ފެމިލީ ކޯޓު ތެރޭގައި އުޅޭ މައްސަލަތައް ފެން މަތިކޮށް އެކަންކަމާއި ދެކޮޅަށް ތެދުވުމުންނާއި އެކަމާއި ގުޅިގެން ކުރީގެ ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރަރ އަހުމަދު އަބްދުﷲ ވަޒީފާއިން ވަކިކުރި މައްސަލައިގައި ކަމަށެވެ.

އަލީ ވަނީ ކޯޓުގެ އެޑްމިނިސްޓްރޭޓަރ އާއި ބަޖެޓު ސެކްޝަނާއި އެޗްއާރް ސެކްޝަން ގުޅިގެން ގާނޫނު އަސާސީއާ ޙިލާފަށް މަސައްކަތްތަކެއް ކޯޓު ތެރޭގައި ހިންގާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެ ސެކްޝަންތަކުގައި އުޅޭ ބަޔަކު ގުޅިގެން، ކޯޓު އެޑްމިނިސްޓްރޭޓަރއަށް ދެވިފައިވާ ވަޒީފާގެ އިންޒާރުތަކުގެ ރެކޯޑްތައް ފޮހެލާފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކޮށްފައިވެއެވެ.

އޭގެ އިތުރުން މިހާރު ވެސް އެ ކޯޓުގެ ބަޖެޓު ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފަކާ ދެކޮޅަށް ހަނގާކުރުމާއި ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފަތުރާ މައްސަލައެއް ފުލުސް އޮފީހަށް ހުށައަޅާފައިވާނެ ކަމަށް ވެސް އަލީ މައުލޫމާތު ދީފައިވެއެވެ.

ގާޒީ ހުޒައިފާއާ ދެކޮޅަށް އަލީ ސައީދު ޖޭއެސްސީއަށް ހުށައެޅި މައްސަލައިގައި ވަނީ އެ މުވައްޒަފުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރުމުގެ އިތުރުން އެ މުވައްޒަފު ފްރޭމް ކުރަން އުޅުމުގެ މައްސަލައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ޖޫން 2019 | ބުދަ 20:15
ސަންޓޭ
ޤާޟީ ހުޒައިފާ އަކީ ވަރަށް ޕްރޮފެޝަނަލް، ވަކިފަރާތަކަށް ނުޖެހޭ ކިޔަވައިގެން ހުރި މޮޅު ޖަޖެއް. އިންޓެގްރިޓީ އަކީ އެންމެ އިސްކަންދޭ ކަންތައް. މިކަމަކީ ސީދާ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް. ބޮޑަށް ލަފާކުރެވޭ ގޮތުގައި ޖިންސީ ގޯނާ ކޮށްގެން އުޅޭ މުވައްޒަފު އޭނަގެ މައްސަލާގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލަން ކޮށްގެން އުޅޭ ކަމެއް. މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ގޮވާލަން.
19 ޖޫން 2019 | ބުދަ 20:13
މުވައްޒަފު
ފެމިލީ ކޯޓުގެ އިސްޤާޟިގެ މައްސަލަ ހުޅުވާލައިގެން ބާއްވާ ދުވަހަކީ ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ފުރިހަމަ ހެއްކާއި ޤަރީނާއި އެކު ތަފްސީލުކޮށް ކިޔައިދެވިގެން ދާނެ ދުވަސް، ޔައުނީ މީނާ ކޮށްފައިހުރި ހުރިހާ ކަންކަމަކީ ގިނަ އަދަދެއްގެ މުވައްޒަފުން ކުރިމަތީގައި (ޔާމިން ސްޓައިލްގައި) ކޮށްފައިވާ ކަންކަން. އައި ލައިކް ޔާމިން ހީ އިޒް ބެސްޓް މިހެން ބުނީވެސް ގިނަ މުވައްޒަފުން ތިއްބާ. އެހެންވީމާ އެދުވަހަށް އިންތިޒާރު ކުރަމާބަހީ.