Advertisement
ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 15:27
މާފުށީ ޖަލު - މަފުށީގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަންނަނީ މަސައްކަތްކުރަމުން
މާފުށީ ޖަލު - މަފުށީގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަންނަނީ މަސައްކަތްކުރަމުން
ގޫގުލް
ހެލްތު މިނިސްޓްރީ
ޤައިދީންގެ ތެރޭގައި އާންމުވެފައިވާ ބަލިތަކަށް ސަމާލުކަންދީގެން މާފުށީ ސިއްހީ މަރުކަޒު ތަރައްޤީ ކުރަނީ
ސިއްހީ ޚިދުމަތް ދޭ ތަންތަން ތަރައްޤީ ކުރުމުގެ ޕްލޭންގެ ތެރޭގައި މާފުށީ ސިއްހީ މަރުކަޒު ހިމަނާފައިވޭ
ޖަލުން އެކަށީގެންވާ ޚިދުމަތް ނުލިބުމުން އެރަށެއްގެ ސިއްހީ މަރުކަޒަށް ނުވަތަ އައިޖީއެމްއެޗަށް ގެންނަން ޖެހޭ
ހަމުގެ ބަލިތަކާއި އެފަދަ ސިއްހީ މައްސަލަތަކެއް ޤައިދީންގެ ތެރޭގައި އާންމު

ޤައިދީންގެ ތެރޭގައި އިތުރުވަމުންދާ ބަލިތަކަށް ސަމާލުކަންދީގެން މާފުށީ ސިއްހީމަރުކަޒު ތަރައްޤީކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Advertisement

ބުދަ ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އެޝުއަރެންސް ޑިވިޜަންގެ އެސިސްޓެންޓް ޑިރެކްޓަރ ފާތިމަތު ލީމިޔާ ވިދާޅުވީ، މިނިސްޓްރީގެ ދަށުން ހިންގާ ސިއްހީ ޚިދުމަތް ދޭ ތަންތަން ތަރައްޤީ ކުރުމުގެ ޕްލޭންގެ ތެރޭގައި މާފުށީ ސިއްހީ މަރުކަޒު ހިމަނާފައިވާ ކަމަށެވެ. އަދި ޖަލުތައް ހުންނަ ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަން ތަރައްޤީކޮށް ސްޕެޝަލިސްޓް ޚިދުމަތްތައް ހަމަޖައްސާއިރު، ޤައިދީންގެ މެދުގައި އާންމުކޮށް ހުންނަ މައްސަލަތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް ލީމިޔާ ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެން މިހާރު މި ބަލަނީ އެތަނަކަށް ސާރވިސްތައް އިތުރުކުރާއިރު އެ ކޮމިއުނިޓީއަކަށް އެންމެ ޑިމާންޑު އޮތީ އެންމެ ބޭނުންތެރީ ކޮން ކަހަލަ ޚިދުމަތްތަކެއްތޯ ބެލުން. އޭގެ ތެރޭގައި މިސާލަކަށް ސްޕެޝިއަލިސްޓް ސާރވިސް އިތުރުކުރާއިރު، އޯރތޮރ ސާރވިސްތައް އެއީ ޕްރިޒަންއަށް ބެލިކަމުގައި ވިޔަސް ހަމަ ކަށީގެ މައްސަލަތަކުގެ މީހުންވެސް އިތުރު.
މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އެޝުއަރެންސް ޑިވިޜަންގެ އެސިސްޓެންޓް ޑިރެކްޓަރ ފާތިމަތު ލީމިޔާ

ޖަލުތައް ހުންނަ ރަށްރަށުގެ ސިއްހީ މަރުކަޒުތައް ތަރައްޤީ ކުރާއިރު، ޤައިދީންގެ ތެރޭގައި ހުންނަ ސިއްހީ މައްސަލަތަކަށް ރިއާޔަތް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާއިރު، ކޮންމެ ޖަލެއްގައިވެސް ސިއްހީ ޚިދުމަތްދޭ ކަމަށް މިނިސްޓްރީން ބުނެޏެވެ، ނަމަވެސް ޖަލުން އެކަށީގެންވާ ޚިދުމަތް ނުލިބުމުން އެރަށެއްގެ ސިއްހީ މަރުކަޒަށް ނުވަތަ އައިޖީއެމްއެޗަށް ގެންނަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ "ރާއްޖެއެމްވީ" އަށް ވިދާޅުވެފައެވެ.

ޤައިދީންނަށް އެކަށީގެންވާ ބޭސްފަރުވާގެ ޚިދުމަތް ނުލިބޭ ކަމަށް އެފަރާތްތަކުގެ އާއިލާތަކުން ޝަކުވާކުރާއިރު، ހަމުގެ ބަލިތަކާއި އެފަދަ ސިއްހީ މައްސަލަތަކެއް ޤައިދީންގެ ތެރޭގައި އާންމުކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީންވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް