Advertisement
ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 10:28
\"ގޭޓް ކީޕަރ\" ވަނީ \"ކަސްޓަމްސް ޖަރނަލް\" ގެ ނަމަށް ރީބްރޭންޑްކޮށްފަ
"ގޭޓް ކީޕަރ" ވަނީ "ކަސްޓަމްސް ޖަރނަލް" ގެ ނަމަށް ރީބްރޭންޑްކޮށްފަ
ކަސްޓަމްސް
ކަސްޓަމްސްގެ ޖާރނަލް
ކަސްޓަމްސްގެ ޖާރނަލް ޗާޕުކޮށްގެން ނެރެން ފަށައިފި
މަޖައްލާ ކަސްޓަމްސްގެ ވެބްސައިޓްގެ އިތުރުން ފޭސްބުކް އަދި ޓްވިޓާގައި ވެސް ޝާއިއުކުރެވިފައިވާނެ
ކަސްޓަމްސްގައި ހިނގާފައިވާ މުހިންމު ކަންކަމުގެ ޚަބަރުތައް މަޖައްލާގަ ހިމެނޭނެ

އޮންލައިން މަޖައްލާއެއްގެ ގޮތުގައި ޝާއިއުކުރަމުން އައި ކަސްޓަމްސްގެ ޖާރނަލް ޗާޕުކޮށްގެން ނެރެން ފަށައިފިއެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ނެރުނު ނޫސް ބަޔަނެއްގައި ބުނެފައި ވަނީ، ކަސްޓަމްސްގައި ހިނގާ ކަންތައްތަކާއި، މުދާ ކްލިއަރ ކުރުމާއި ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމަށް ކުރެވެމުންދާ ކަންތައްތަކާއި ގަވައިދުތަކަށް އަންނަމުންދާ ބަދަލުތައް ހިމެނޭ ގޮތަށް، އޮންލައިން މަޖައްލާއެއްގެ ގޮތުގައި ޝާއިއުކުރަމުން އަންނަ "ކަސްޓަމްސް ޖާރނަލް" ޗާޕުކޮށްގެން ނެރެން ފަށައިފާވާ ކަމަށެވެ.

އެ ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، 1990 ވަނަ އަހަރާއި 2000 ވަނަ އަހަރުގެ ކުރީކޮޅުގެ އަހަރުތަކުގައި "ގޭޓް ކީޕަރ" ގެ ނަމުގައި ޗާޕުކޮށްގެން ނެރެމުންދިޔަ މަޖައްލާ "ކަސްޓަމްސް ޖަރނަލް" ގެ ނަމަށް ރީބްރޭންޑްކޮށް އޮންލައިން މަޖައްލާއެއްގެ ގޮތުގައި 2004 ހާ ތާނގައި ނެރެން ފަށާފައިވާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން، މިއީ ކަސްޓަމްސްގައި ހިނގާފައިވާ މުހިންމު ކަންކަމުގެ ޚަބަރުތަކާއި، ކަސްޓަމްސްގެ މުވައްޒަފުންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ފޯރުކޮށްދެވޭ ތަމްރީނުތަކުގެ މައުލޫމާތާއި މުދާ އިމްޕޯޓު ކުރުމުގެ އިތުރުން އެކްސްޕޯޓު ކުރުމާ ގުޅޭ ގަވައިދުތަކާއި އުސޫލުތަކަށް ގެނެވޭ ބަދަލުތަކުގެ އިތުރުން، އެ ކުންފުނީގެ މުވައްޒަފުންނަށް ހިންގޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތަތްތަކާއި އަދި އެ ކުންފުންޏާ ބެހޭ އެހެނިހެން މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ނެރެވޭ މަޖައްލާއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މަޖައްލާ ކަސްޓަމްސްގެ ވެބްސައިޓްގެ އިތުރުން ފޭސްބުކް އަދި ޓްވިޓާގައި ވެސް ޝާއިއުކުރެވިފައިވަނެ ކަމަށް ނޫސް ބަޔާނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް