Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 11:57
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ
ރާއްޖެއެމްވީ
ސިފައިންނާއި ވޯޓުލުމުގެ ޙައްޤު
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
ރައީސް ޔާމީނަށް ތާޢީދު ނުކުރާ އެންމެންނަށް ވޯޓް ނުލެވޭ ގޮތް ހަދާނެ
ރައީސްގެ އަމަލުފުޅުތައް ހުންނަނީ ވާހަކަފުޅާއި ދިމާ އިދިކޮޅަށް

އަސްކަރީ ޚިދުމަތުގައި ތިބި ފަރާތްތަކަށް ވޯޓު ނުލެވޭ ގޮތަށް ޤާނޫނަށް ބަދަލު ގެނައުމަކީ، ރައީސް ޢަބްދުﷲ ޔަމީނަށް ތާޢީދު ނުކުރާ ކޮންމެ މީހަކަށްމެ ވޯޓު ނުލެވޭނެ ގޮތް ހެދުމަށް ފަށާ ފެއްޓުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މާރިއާ ވިދާޅުވީ، 18 އަހަރުވުމުން، ކޮންމެ ރައްޔިތަކަށްމެ ވޯޓު ލެވޭ ގޮތަށް ޤާނޫނުގައި ލިޔުމުން، މިހާރު ފެނިގެންދަނީ ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް އުޅޭ މަންޒަރު ކަމަށާއި، މިއީ ގިނަ ބަޔަކު ވޯޓުން މަޚުރޫމް ކުރުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ވޯޓުގެ ޙައްޤު ރާއްޖޭގަ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލެވޭ ގޮތަށް ހޯދައިދިނީމަ، ފެނިގެން މިދަނީ މިހާރު ޑިފެންސް މިނިސްޓަރ ނުކުމެވަޑައިގެން، ރާއްޖޭގެ ސިފައިންނަށް ވޯޓެއް ނުލެވޭނޭ ވިދާޅުވާތަން. މިއީވެސް ފެށުމެއް. ރައީސް ޔާމީނަށް ތާޢީދު ނުކުރާ ކޮންމެ މީހަކަށް ވޯޓު ނުލެވޭގޮތަށް ހެދުމަށް ފައްޓަވާ ފެށުމެއް ކަމަށް އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ" މާރިއާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިއާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޤާނޫނު އަސާސީ ހިމާޔަތް ކުރަންތިބި ފަރާތްތަކުގެ ބާރުކަނޑުވައި ރައްޔިތުންނަށް އިތުރު އުނދަގޫ ޖައްސަން ކަމަށެވެ.

"އެންމެ ފުރަތަމައިނުން، ޤާނޫނު އަސާސީ، ހިމާޔަތްކޮށް، ޤާނޫނުއަސާސީއާ އެއްގޮތަށް ރައްޔިތުންގެ ވެރިކަމެއް ދެމެހެއްޓުމަށްޓަކާ، ރާއްޖޭގެ ރައްޔިތުން އިތުބާރުކޮށް، ޔުނިފޯމް އަޅުވާ، ބަޑިއަޅާ، ބިޑިއަޅުވާފަ ތިބި މީހުންގެ އަތުން، ޤާނޫނު އަސާސީން ލިބިދޭ ޙައްޤު އެންމެ ފުރަތަމައިނުން ވެސް ނިގުޅައިގަތުމުން، ބަޑިއެއް ބިޑިއެއް ނޯންނަ. އާންމު ރައްޔިތުންނަށް ވެގެން ދާނެ ގޮތާއި މެދު ވިސްނާ ލައްވާ"، މާރިއާ ވިދާޅުވިއެވެ.

ކާނަލް ނާޒިމާއި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާއި އޭގެ ފަހުން ކަންވީ ގޮތަށް އަލިއަޅުއްވާލައްވާ މާރިއާ ވިދާޅުވީ، ރައީސް ޔާމީން ބިލިއަން ޑޮލަރުގެ ވާހަކަ ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"(ރައީސް ޔާމީން) ބިލިއަން ޑޮލަރުގެ ވާހަކަތައް ދެއްކެވީމަ އެންމެ ބޮޑަށް މި ކަންބޮޑުވަނީ އަޅުގަނޑުމެން، އެއީ އެމަނިކުފާނު ވިދާޅުވާތީ، ތިމަންނަ ނޫޅެމޭ އެ ބޮަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަޑު އިންވެސްޓްމަންޓް ދަބަހަކަށް އަޅައިގެން ދާކަށް" މާރިއާ ވިދާޅުވިއެވެ.

މެންބަރު މާރިއާ ޚާއްސަކޮށް ވޯޓު ލުމުގެ ވާހަކަ އާއި އެކަމާއި ގުޅިފައިވާ ޙައްޤުތަކުގެ ވާހަކައަށް އަލިއަޅުއްވާ ލައްވާފައި މިވަނީ، އިންތިޚާބު ތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ހެދުމަށްޓަކައި ސިފައިންގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވުމާއި ގުޅިގެންނެވެ. ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ކަޅުތުއްކަލާ ކޮށީގައި އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސިފައިންނަކީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި ސިފައިންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކުރާ، ސިފައިންގެ ޤާނޫނުގެ 20 ވަނަ މާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް