Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 15:43
މަޖިލިސް ޗެމްބަރުގައި މެމްބަރުން
މަޖިލިސް ޗެމްބަރުގައި މެމްބަރުން
މަޖިލިސް
މަޖިލިސް 2019
ސުޕްރީމް ކޯޓުގެ ނިންމުން ގާނޫނު އަސާސީއާ ޚިލާފް ކަމަށް މަޖިލީހުން ކަނޑައަޅައިފި
ރިޕޯޓް ބަހުސް މަރްހަލާގައި ހަސަން ލަތީފް ވަނީ އިސްލާހު ހުށަހަޅުއްވާފައި
އިސްލާހު ފާސްކުރަން ފެންނަ ކަމަށް 64 މެމްބަރުން ވަނީ ވޯޓް ދެއްވާފައި

ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑުޖައްސާލުމަށް، އެ ކޯޓުން ނެރުނު އަމުރާ ޚިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ބުނެ، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޤާނޫނު އަސާސީއާ ޚިލާފް އަމުރެއް ކަމަށް މަޖިލީހުން ކަނޑައަޅައިފިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކޮށް އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެކުލަވާލި ކޮމިޓީގެ ރިޕޯޓަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވުނު ވަގުތު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އިސްލާހެއް ވެސް ހުށަހަޅުއްވާފައެވެ. އެ އިސްލާހުގައި ބުނެފައިވަނީ، ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ޚިލާފު އަމުރެއް ކަމަށް ކޮމިޓީގެ ރިޕޯޓްގައި ހިމެނުމަށެވެ.

ހަސަން ލަތީފްގެ މި އިސްލާހަށް މަޖިލީހުގައި ވޯޓަށް އެހުމުން ފާސްކުރަން ފެންނަ ކަމަށް 64 މެމްބަރުން ތާއީދުކުރެއްވިއެވެ.

Advertisement

މީގެ އިތުރުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކޮށް، ކުރެވުނު ސުވާލުތަކުގެ މައްޗަށް އެކުލަވާލެވުނު ރިޕޯޓް ފާސްކޮށްފައެވެ. ކޮމިޓީ ރިޕޯޓް ފާސްކުރަން ފެންނަ ކަމަށް 64 މެމްބަރުން ވޯޓު ދެއްވިއެވެ.

ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ، އެ ކޮމިޝަނަށް ލިބިފައިވާ ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ޖޭއެސްސީގެ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް އިލްތިމާސްކުރުމަށް 16 ޖޫންގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް