Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 13:59
އަބްދުﷲ ދީދީ
އަބްދުﷲ ދީދީ
ރާއްޖެ އެމްވީ
ޖޭއެސްސީ
ފަނޑިޔާރު ދީދީގެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ބަލަން ޖޭއެސްސީން ނިންމައިފި
ޖޭއެސްސީން އެކަން ނިންމީ އަންގާރަ ދުވަހު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ތަހުގީގު އާއްމުންނަށް ހުޅުވާލައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމިކަން އިއުލާން ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. ފަނޑިޔާރު ދީދީގެ ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީން ތަހުޤީޤްކުރަމުން އަންނައިރު، އެ މައްސަލަތަކުގެ ބަޔާން ނެގުމަށް ޖޭއެސްސީގެ ކޮމެޓީއަށް ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުވެވަޑައިގެންފައިވަނީ ހޯމަ ދުވަހުގެރޭ އެވެ.

ދީދީ ވަކީލް ވިދާޅުވީ، ތަހުގީގު ފެއްޓެވުމާ އެކު ޖޭއެސްސީގެ ކޮމެޓީގައި ދީދީ އެދިވަޑައިގެންފައިވަނީ، އާންމުންނަށް ހުޅުވައިލައިގެން ތަހުގީގު ކުރިޔަށް ގެންގޮސްދެއްވުމަށް ކަމަށެވެ.

ޖޭއެސްސީގެ ޑިރެކްޓަރު މުއުމިނާ އުމަރު ވިދާޅުވީ، އާއްމުންނަށް ހުޅުވާލައިގެން ދީދީގެ މައްސަލަން ބަލަން ނިންމި ޖޭއެސްސީގެ އަންގާރު ދުވަހު ބޭއްވި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމަށް ބައިވެރިވެވަޑައިގެންނެވީ ހަ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

Advertisement

'' މިއަދު މި ނިންމީ ހުޅުވާލައިގެން ކުރިޔަށް ގެންދަން''

ތަހުގީގު ކުރިޔަށް ގެންދާނީ ކޮންތަނެއްގައިތޯ ސުވާލުކުރުމުން މުއުމިނާ ވިދާޅުވީ، ތަހުގީގު ބާއްވާނެ ބޮޑު ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އަދި ވަކި ތަނެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެކަން ހަމަޖެހުމުން އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދީދީގެ މައްސަލަ އާއްމުކޮށް ބަލަން ނިންމާފައިވާއިރު، އެ ތަހުގީގު ވެގެންދާނީ ދިވެހި ރާއްޖޭގެ ތާރިހުގައި މިފަދަ ތަހުގީގެއް އާއްމުންނަށް ހުޅުވާލައިގެން ގެންދާ ފުރަތަމަ ފަހަރަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ޖޫން 2019 | އަންގާރަ 14:04
ކުއްޔަމަ ފަނޑިޔާރު
ކޮބައިތޯ ފަހުބަސް ބުނާ ވާނުވާ ނޭނގޭ ކަނޑުކޮސް ގުރޫޕް