Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 15:01
ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓީވް ބައްދަލުވުމުގެ ތެރެއިން
ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓީވް ބައްދަލުވުމުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
އެންވަޔަރަންމަންޓް މިނިސްޓްރީ
ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓިވްގެ ނަމުގައި ޤައުމީ ފެންވަރުގެ ބައްދަލުވުމެއް ފަށައިފި
މިއީ ދެދުވަހަށް ކުރިއަށްދާ ބައްދަލުވުމެއް
ކަނޑުގެ ދިރުންތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެ

"ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓީވް" ގެ ނަމުގައި ގައުމީ ފެންވަރުގެ ބައްދަލުވުމެއް އެންވަޔަރަންމަންޓް މިނިސްޓްރީން ފަށައިފިއެވެ.

ކ. ދިއްފުށީގައި މިމަހުގެ 17 އިން 19 އަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ "ސަސްޓެއިނެބަލަ އޯޝަން އިނިޝިއޭޓިވް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ ގެ ދަށުން ހިންގާ މަސައްކަތު ބައްދަލުވުމެކެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ސެކްރެޓޭރިއަޓް އޮފް ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ އާއި ގްލޯބަލް އޯޝަން ބަޔޯޑައިވަރސިޓީ އިނިޝިއޭޓިވް (ގޯބީ) ގުޅިގެންނެވެ.

Advertisement

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން ކަމާގުޅޭ ހުރިހާ ދާއިރާއެއްގެ ބޭފުޅުން އެއްތަނަކުން ބައްދަލުކޮށް ޚިޔާލުތައް ހޯދައި މަޝްވަރާކުރުމާއި ޤައުމީ ފެންވަރުގައި ކޯސްޓަލް އަދި މެރިން އޭރިއާތަކާއި ގުޅޭގޮތުން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އޯޝަން މެނޭޖްމަންޓް އާއި ގުޅޭ ގައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން ޖުމްލަ 33 ބޭފުޅުން ބައިވެރިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް