Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 13:38
ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލިސް
ލުތުފީ ފިލައިގެން އުޅޭތީ މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުކުރަނީ
ދެ ސުވާލެއް މިނިސްޓަރު އިމްރާންއާ ކުރައްވާނެ
މިމައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲއާ ސުވާލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ ލުތުފީ ފޮނުވުމުންނެވެ.

މި މައްސަލައާ ގުޅިގެން ބުދަ ދުވަހު މިނިސްޓަރު އިމްރާނު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އަދި މެމްބަރު އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުން މިހާރުވަނީ މިނިސްޓަރު އިމްރާނަށް ނޯޓިސް ފޮނުއްވާފައެވެ.

Advertisement

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކޮށް ދެ ސުވާލެއް މިނިސްޓަރު އިމްރާންއާ ކުރުމަށް ވަނީ ނިންމާފައެވެ. އެއީ ލުތުފީ އަނބުރާ ރާއްޖެ އަށް ގެނައުމަށް އެއްވެސް މަސައްކަތް ކުރޭތޯ އާއި މިހާރު ހުރި ތަނެއް ސަރުކާރަށް އެނގޭތޯއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މިހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށް ބަލަނީ 25 އަހަރު ކަމަށް ވާތީ ލުތުފީއާ އެކު މިރަހުމްކުޑަ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހުމަދު ނާސިރު ވަނީ ޖަލު ހުކުމުގެ މުއްދަތު ހަމަވެގެން މިނިވަންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް